30 ޖުލައި 2024
ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދެ މީހަކު އުމުރަށް ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދެ މީހަކު އުމުރަށް ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި އޭޕްރީލް 2017 ގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އޭގެ ތެރެއިން ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިއްވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ.
އެ މައްސަލަ އެ ދެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ ދެ މީހުންނާ ދެކޮޅަށް ދަށު ކޯޓުގައި ހެކިބަސް ދިނީ އެކަމުގައި ބައިވެރިވި މީހެއް ކަމަށް ތުހުމަތު ކުރިޔަސް، އެ މީހުންގެ ހެކިބަހުގައި އެފަދަ ކަމެއް ފާހަގަނުވާ ކަމަށެވެ. އަދި އެކަން ދަށު ކޯޓުން ވެސް ފާހަގަ ކޮށްފައިވާ ކަމަށާއި އެހެންވެ، އެ މީހުން ހެކިބަސް ދިނުން މަނާވާ ހާލަތްތަކެއް އެ މައްސަލާގައި ފެންނަން ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅީގައި ހުރި ކެމެރާ އަނބުރާލާ މަންޒަރު ވީޑިއޯތަކުން ފެންނައިރު، އެ ކެމެރާ ބޭރުން ނެގި ފިންގަޕްރިންޓާއި ހައިޝަމްގެ ފިންގަޕްރިންޓް ދިމާވާ ކަމަށެވެ. އަދި ފިންގަޕްރިންޓް ނެގުމަށް އަމަލުކުރި އިޖްރައާތާ މެދު ދަށު ކޯޓުގައި ސުވާލު އުފެއްދި ނަމަވެސް އެކަން ހިނގި ގޮތް ދަށު ކޯޓުން ބެލި ކަމަށާއި އަދި ފިންގަޕްރިންޓްގެ ސައްހަކަމާ މެދު ސުވާލެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
މީގެ އިތުރުން ވީޑިއޯ އެނަލިސިސް ރިޕޯޓް ތައްޔާރުކުރި ފުލުހުންގެ ހެކިބަހާ މެދު ދިފާއީ ވަކީލުން ސުވާލު އުފެއްދިޔަސް، އެ ފުލުސް މީހާ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރުމަކީ އޭނާގެ ބަސް ގަބޫލު ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ ހައިޝަމާއި ޒިހާން ޖަލަށްލާން ކުރި ހުކުމަށް ތާއީދުކޮށް ދިނުމަށެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.
އެ މައްސަލާގައި ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ހުކުމް ކުރިއިރު، އޭގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ޔާމީންގެ މަރު: ދެ އަހަރު ފަހުން އިސްތިއުނާފް ފަށައިފި
ނަދީމްގެ މަރު: މަފާޒް ޝަރީއަތް ނިމެންދެން ބަންދަށް
ނަދީމްގެ މަރު: މަފާޒް އަލުން ބަންދުކުރަން އެދެފި
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ސުޕްރީމް ކޯޓުން ބަންދަށް
ނަދީމްގެ މަރު:ބަންދު ނުކުރި މައްސަލަ އިސްތިއުނާފްނުކުރި
ލަމްހާ ދޫކޮށްލުމާ ދައުލަތުން ދެކޮޅުހަދައި އިސްތިއުނާފަށް
ނަދީމްގެ މަރު:މީހުން ބަންދުކުރަން ސުޕްރީމް ކޯޓަށް
ގާތިލަކު މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
ނަދީމްގެ މަރުގެ ތުހުމަތުވާ މީހުންނަށް ފެނަކައިގެ ވަޒީފާ
ޔާމީންގެ މަރު: ޖަލަށްލި ދެ މީހުން ވެސް އިސްތިއުނާފަށް