14 ޖުލައި 2024
މާލޭ، އާޓިފިޝަލްބީޗުގައި ހުރި ދޫނި ކޮއްޓެއްގެ ތެރޭގައި ދެ މީހަކު ބަންދުކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މާލޭ، އާޓިފިޝަލްބީޗުގައި ހުރި ދޫނި ކޮއްޓެއްގެ ތެރޭގައި ދެ މީހަކު ބަންދުކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދެ މީހަކު ކޮއްޓަކަށް ލައިގެން އުޅުނު މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.
ދެ ފިރިހެނަކު ބޮޑު ކޮއްޓަކަށް ލައި ތަޅުލައިގެން އުޅުނު ވީޑިއޯ، މިދިޔަ ހުކުރުދުވަހުން ފެށިގެން އަންނަނީ ސޯޝަލްމީޑިއާގައި ދައުރުވަމުންނެވެ. އެ ދެ މީހުން ވާހަކަ ދައްކާ އަޑު އެ ވީޑިއޯ އިން އިވޭއިރު، ބެލެވޭ ގޮތުގައި ކޮއްޓަށް ލީ ފައިސާގެ މައްސަލައަކާ ގުޅިގެންނެވެ.
ކޮށީގައި އެކަކު އިނީ އިށީނދެގެންނެވެ. އަނެކަކު ކޮޅަށް ހުރެގެން، ވަގުތުކޮޅެއް ދޭން އެދެމުން ދިޔަ އެވެ. ފައިސާ އަނބުރާ ދޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދިނެވެ. ބޮޑު އަދަދަކުން އެ ދެ މީހުން ފައިސާ ދޭން ޖެހިފައިވާ ކަމަށް، ކޮށީގެ ބޭރުގައި ހުރެ ވާހަކަ ދެއްކި މީހަކު ބުނާ އަޑު ވީޑިއޯގައި އިވެ އެވެ.
ކޮށީގެ ބޭރުގައި ހުރި މީހަކު ހޮޅިއަކުން އެ މީހުން ގަޔަށް ފެން ޖަހާތަން ވެސް އެ ވީޑިއޯއިން ފެނެ އެވެ.
މިކަން ހިނގީ، ފުލުހުން ބުނެފައިވާ ގޮތުގައި، ރެސްޓޯރެންޓަކުން ކައިގެން ބިލް ނުދެއްކި މައްސަލައެއްގަ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މި ފަހުން ވަނީ މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފަ އެވެ.
އިނަ މޯލްޑިވްސްގެ އޮފީސް ފަޅާލައި ގެއްލުންދީފި
ޒުވާބު ހޫނުވެ ރަހީނުކުރީ ގޭގެ ކުލީގެ މައްސަލައެއްގައި
އަންހެނަކު ރަހީނުކުރީ އަދަބު ލުއިކޮށް ދޫކޮށްލި މީހެއް
އެމްބަސީ ކައިރީގައި މުޒާހަރާކުރި މީހުން ބަންދަށް
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މީހުންނަށް ދައުވާކޮށްފި
ޝަމީމަށް ހަމަލާދިން މީހުންނަށް ދައުވާކުރަން ޕީޖީއަށް
އެކައުންޓްތަކުގައި އަތްލުމުގެ ބާރު ފުލުހުންނަށް ދޭންވީ؟
ސްކޭމެއްގައި 1.8 މިލިއަން، އަދަބަކީ ޖޫރިމަނާއެއް
ޑްރަގް މައްސަލައެއްގައި ކާށިދޫ މުދިމު ހައްޔަރު ކޮށްފި