ސަރުކާރުގެ އޮފީސްތަކުގެ އޮންލައިން ޕޯޓަލް ކަމަށްވާ އީފާސްގެ ފޭސް ރެކޮގްނިޝަންގެ ވެންޑާއަކަށް އިޒްރޭލް ކުންފުނީގެ ބަދަލުގައި އެހެން ބަޔަކު ހަމަޖެއްސުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފި އެވެ.
10 ޖޫން 2024
ސަރުކާރުގެ އޮފީސްތަކުގެ އޮންލައިން ޕޯޓަލް ކަމަށްވާ އީފާސްގެ ފޭސް ރެކޮގްނިޝަންގެ ވެންޑާއަކަށް އިޒްރޭލް ކުންފުނީގެ ބަދަލުގައި އެހެން ބަޔަކު ހަމަޖެއްސުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފި އެވެ.
އީފާސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭގައި ބޭނުންކުރަމުން އަންނަ ފޭސް ވެރިފިކޭޝަންގެ ހިދުމަތް ދޭ ވެންޑާ ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ، ފޭސް ވެރިފިކޭޝަންގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ.
ނަމަވެސް، އެ ހިދުމަތް ދޭން އަލަށް ހަމަޖައްސަނީ ކޮން ކުންފުންޏަކުން ކަމެއް އަދި ނޭނގެ އެވެ.
މި ވަގުތު އީފާސް ވެރިފައިކުރަން ބޭނުންވާ މީހުންނަށް އީފާސްގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އިން އައިޑީކާޑު ނަންބަރާއި ގުޅޭނެ ފޯނު ނަންބަރެއް helpdesk@ncit.gov.mv އަށް އީމެއިލްކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށް އީފާސް އިން ބުންޏެވެ.
އީފާސްގެ ފޭސް ރެކޮގްނިޝަންގެ ފީޗާގެ ހިދުމަތް އިޒްރޭލްގެ ބަޔަކު ހިންގާ ކުންފުންޏަކުން ދޭތީ ފާޑުކިޔުން ވަރަށް ބޮޑުވި އެވެ. އެ ހިދުމަތް ދިނީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައި އޮންނަ އިޒްރޭލު ބަޔަކު އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާ "ސަމްސަބް" އިންނެވެ.
އެ ކުންފުނީގެ ސީއީއޯ އާއި ފައުންޑަރުންނަކީ ވެސް އިޒްރޭލުގެ މީހުންނެވެ.
އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން އެންސީއައިޓީން އޭރު ބުނެފައި ވަނީ ސަމްސަބްއާ އެ ހިދުމަތް ދިނުމަށް ހަވާލުކުރީ އެ ކުންފުންޏަކީ އިނގިރޭސިވިލާތުގެ ގާނޫނުގެ ދަށުން ހިންގާ ބަޔަކަށް ވާތީ ކަމަށެވެ. އަދި ފޮޓޯ ފިޔަވާ އެއްވެސް ދިވެއްސެއްގެ ޒާތީ މައުލޫމާތު އެ ކުންފުންޏަށް ނޭނގޭނެ ކަމަށް އޭރު ބުނެފައިވެ އެވެ.
ޑިޒާސްޓާ ރިކަވަރީ ޕްލޭނެއް ހަދަން ލަންކާގެ ބަޔަކަށް
ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!
ފޭސް ރެކޮގްނިޝަންގެ ވެންޑާއަކަށް ލެޓްވިއާގެ ކުންފުންޏެއް
އިޒްރޭލް ކުށްވެރިކޮށް ޝީ އާއި ޕުޓިންގެ އިންޒާރެއް!
ހާމަނާއީ އަވަހާރަކޮށްލައިފިނަމަ ރަޝިއާ މަޑަކުން ނޯންނާނެ
ދޮޅުލައްކަ އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ހޯދައިފި
އިޒްރޭލަށް ވޭންހުރި ބޮޑެތި ގެއްލުންތަކެއް އިރާނުން ދީފި
އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް ޓްރަމްޕްގެ ރުހުން
އިރާނުގެ ނިއުކްލިއާ މަރުކަޒަކަށް އިޒްރޭލުން ހަމަލާ ދީފި
ބިދޭސީންގެ މައުލޫމާތު އަޕްޑޭޓުކުރަން ފަހު ފުރުސަތު ދީފި