22 މެއި 2024
ލޭންގުއެޖް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު މޫސާ ވަޖުދީ މަގާމުން ސަސްޕެންޑްކޮށްފި އެވެ.
ލޭންގުއެޖް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު މޫސާ ވަޖުދީ މަގާމުން ސަސްޕެންޑްކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ކުރިން ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ވަޖުދީ ސަސްޕެންޑްކޮށްފައި ވަނީ އޭނާއާ ގުޅިގެން ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ.
ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަޖުދީ ސަސްޕެންޑްކުރިއިރު މިއަދު ވަނީ ސްޕޯޓްސް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒު ވެސް ސަސްޕެންޑްކޮށްފަ އެވެ. ވަކި މުއްދަތެއް ނެތް ގޮތަށް ރައީސް އޮފީހުން އޭނާ ސަސްޕެންޑްކުރީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވުމުންނެވެ.
އެ ބޭފުޅުންނާ ގުޅޭ މައްސަލައެއް ބަލަމުންދާއިރު އިންޑިއާ ސަރުކާރަށް ފާޑުކީ މައްސަލައެއްގައި މިިދިޔަ ޖެނުއަރީ މަހުން ފެށިގެން ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވެސް ތިބީ ސަސްޕެންޝަނުގަ އެވެ.
ދައުލަތުގެ އެކި ވުޒާރާތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކާ މެދު ސަރުކާރުން ފިޔަވަޅު އަޅަމުންދާއިރު މިއަދު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހްމަދު ޒުހޫރާއި އެމްއެމްޕީއާރުސީގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު ވެސް ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
ޔާމީންގެ ވަކީލް ސިޔާޒަށް އިކޮނޮމިކްގެ ސްޓޭޓްކަން
ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 150 އިން މައްޗަށް!
ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކޮށްފި
އައިޖީއެމްއެޗާ ގުޅޭގޮތުން ދައްކާފައިވަނީ ދޮގު ވާހަކައެއް
ސްޓޭޓް މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި
ކޮލިފިކޭޝަން އޮތޯރިޓީއަށް ހަންނާން،ޕޮލިޓެކްނިކަށް ނާސިރު
ތިން މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްފި
އިތުރު ފަސް ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވައިފި
މުހައްމަދު ދީދީ އަނެއްކާވެސް ސްޓޭޓް މިނިސްޓަރު ކަމަށް
ސިޔާސީ ބައެއް މަގާމުތަކަށް ރައީސް ބަދަލުގެންނަވައިފި