20 ފެބުރުއަރީ 2017
މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދި މޯލްޑިވިއަން އައިޑޮލްގެ ޖަޖް އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) ގެ އާ ވީޑިއޯ ލަވަ "ލޯބިކަން" މިރޭ ދައްކާލައިފި އެވެ.
މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދި މޯލްޑިވިއަން އައިޑޮލްގެ ޖަޖް އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) ގެ އާ ވީޑިއޯ ލަވަ "ލޯބިކަން" މިރޭ ދައްކާލައިފި އެވެ.
މި ލަވައަކީ އިއްބެ މިއުޒިކް ހަދައި، ކިޔައި އަދި އެކްޓް ވެސް ކޮށްފައިވާ ލަވައެކެވެ. ލަވައިގެ ޅެން ހަދާފައި ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދެވެ.
ހުސައިން މުނައްވަރު (ކުޑަފޫޅު) ކެމެރާކޮށް، ޑައިރެކްޓްކޮށްފައިވާ "ލޯބިކަން" އިން އިއްބެއާ އެކު އާ ބަތަލާއަކު ވަނީ ތައާރަފުކޮށްފަ އެވެ. އެއީ ޝިޔާޒާ މުހައްމަދެވެ.
މި ލަވައިގެ ބޮޑު ބައި ޝޫޓްކޮށްފައި ވަނީ އއ. ތޮއްޑޫގަ އެވެ.
ހުސައިން ބުނީ "ލޯބިކަން" އަކީ އޭގައި ބުނާ ވާހަކަތަކާ ގުޅޭ ގޮތަށް، ބެލުންތެރިންނަށް ރީތި ވާހަކައެއް ކިޔައިދޭނެ ހިތްގައިމު ލަވައެއް ކަމަށެވެ. އަދި ލަވައިގެ މަންޒަރުތައް އޭނާ ކުރިން ވެސް ބުނިގޮތަށް ހަމަ ވަރަށް ރީއްޗެވެ.
ލަވަ މިހާރު މިއޮތީ ދައްކާލައިފަ އެވެ. އެހެންވީމާ ބެލުންތެރުން ޖަޖުކޮށްލަމާ ހިނގާށެވެ. "ލޯބިކަން" ކަހަލަ ވީޑިއޯ ލަވައަކުން އިއްބެ ފެނިގެން މި ދިޔައީ ޒަމާންގަނޑަކަށް ފަހު އެވެ.
އިއްބެގެ ޓޮނިކް ލައިވް ސްޓޫޑިއޯ އާއި ސަން ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ "ލޯބިކަން" އަކީ މަޑުމައިތިރި، އަޑު އަހާލަން ފަސޭހަ ލަވައެކެވެ.
އޭނާގެ މިކަހަލަ އެންމެ ވިދުން ގަދަ ލަަވައަކީ މިއުޒިކީ ދާއިރާގެ ތެރެއަށް ތައާރަފުވެގެން އައި ދުވަސްވަރު ގެނެސް ދިން "އެދެމޭ ކަލާޔަ" އެވެ.
"ލޯބިކަން" ގެ އެންމެ ހާއްސަ އެއް ކަމަކީ މި ލަވައިގެ ތެރެއިން ވެސް "އެދެމޭ ކަލާޔާ" ހަނދާންތައް އިއްބެ އާކޮށްލާކަމެވެެ.
ޝަލަބީގެ "ފަތްމިނި" އަކީ އަންހެނުން ޝިފާ
ޝަލަބީގެ "ފަތްމިނި" މާދަމާ ފެންނާނެ
ކުޑައިއްބެ "ލޯބިކަން" އަންނަ ހަފުތާގައި ފެންނާނެ
"ލޯބިވެވިއްޖެ"ގެ ލަވަތައް ސައުންޑްކްލައުޑަށް
"ގުނަމުން މިދާ" ގެ އޯޑިއޯ އަށް ފަހު ވީޑިއޯ
"ލޯބިވެވިއްޖެ" ގެ ޕްރޮމޯޝަނަލް ލަވަ ކާސްޓުންގެ އަޑުން
ކުޑަ އިއްބެ އާއި އަޝްފާގެ "ގުނަމުން މިދާ"
ލައިޝާ އަށް "ބޮޑު ޝޮކެއް"، މައާފަށް އެދިއްޖެ
ރެވިއޯގެ އާ އަލްބަމް "ޑީއެންވީއާރް"
"ސަމުގާ" މައްސަލާގައި މިއުޒީޝަނުންގެ ބޮޑު ކޯޅުމެއް