16 ފެބުރުއަރީ 2017
މަޝްހޫރު ލަވަ ކިޔުންތެރިޔާ އިބްރާހީމް ޒައީދު އަލީ (ކުޑައިއްބެ) ގެ ފޭނުންނަށް މިއީ އުފާވެރި ހަބަރަކަށް ވާނެ އެވެ. އޭނާގެ ވަރަށް ހިތްގައިމު، ލޯބިލޯބި ވީޑިއޯ ލަވައެއް މިހާރު އޮތީ ފޭނުންނާ ހަމައަށް އައުމުގެ މަގުމަތީގަ އެވެ.
މަޝްހޫރު ލަވަ ކިޔުންތެރިޔާ އިބްރާހީމް ޒައީދު އަލީ (ކުޑައިއްބެ) ގެ ފޭނުންނަށް މިއީ އުފާވެރި ހަބަރަކަށް ވާނެ އެވެ. އޭނާގެ ވަރަށް ހިތްގައިމު، ލޯބިލޯބި ވީޑިއޯ ލަވައެއް މިހާރު އޮތީ ފޭނުންނާ ހަމައަށް އައުމުގެ މަގުމަތީގަ އެވެ.
މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އިންތިޒާރުކޮށްލަމާ ހިނގާށެވެ. ލަވަ ޕްރޮމޯޓްކުރަން ބެލުންތެރިންނަށް ގެނެސްދޭ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
މޯލްޑިވިއަން އައިޑޮލްގެ ޖަޖެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ އިއްބެގެ އާ ލަވައިގެ ނަމަކީ "ލޯބިކަން" އެވެ. ލަވައިގެ މިއުޒިކް ހަދައި، ލަވަ ކިޔައިފައި ވަނީ އިއްބެގެ އަޑުންނެވެ.
ލަވައިގެ މިއުޒިކް ވީޑިއޯ އިން ފެނިގެން ދާނެ އެކްޓަރަކީ ވެސް އިއްބެ އެވެ. އެހެންވެ މިއީ އޭނާގެ ފޭނުންނަށް އިތުރު އުފަލަކަށް ވާނެ އެވެ. "ލޯބިކަން" ލަވައިގައި އިއްބެއާ އެކު، އާ ބަތަލާއަކު ފެންނާނެ އެވެ. އެއީ ޝިޔާޒާ މުހައްމަދެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދުގެ ޅެމަކަށް ހަދައިވާ "ލޯބިކަން" ލަވައަކީ ލޯބީގެ ލަވަތަކަށް ލޯބި ކުރާ މީހުންނަށް ކަމުދާނެ، ހިތްގައިމު ވާހަކަތަކެއް ގެނެސް ދޭނެ ލަވައެކެވެ. އަލީ ވަހީދުގެ ޅެމަކަށް އިއްބެ ކުރިން ވެސް ވަނީ ލަވައެއް ކިޔައިފަ އެވެ.
"ލޯބިކަން" ލަވައިގެ ޕޯސްޓަރު: ލަވަ ރިލީޒް ކުރާނީ މި މަހުގެ 20 ގައި.
"ލޯބިކަން" ލަވައިގެ އެންމެ މަންޒަރެއް ފިޔަވައި، ހުރިހާ މަންޒަރެއް ނަގައިފައި އަލީ ވަހީދުގެ އުފަން ރަށް އއ. ތޮއްޑޫގަ އެވެ.
މި ލަވަ ޑައިރެކްޓްކޮށްފައި ވަނީ "ސަޒާ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރު/ކެމެރާމަން ހުސައިން މުނައްވަރު (ކުޑަފޫޅު) އެވެ.
އޭނާ ބުނީ ސަން ޝައިން ޕްރޮޑަކްޝަނާއި ޓޮނިކް ލައިވް ސްޓޫޑިއޯ ގުޅިގެން ހަދާފައިވާ "ލޯތްބަކީ" އަކީ ލޯބިވެރިންނަށް ހާއްސަ، ވަރަށް ރީތި ފުރިހަމަ ލަވައަކަށް ވާނެ ކަމަށެވެ.
"ހަމަ ޔަގީނުން ވެސް ލަވައިގެ މަންޒަރުތައް ވަރަށް ރީތި ވާނެ. ލަވަ ރީތި ކުރަން ވަރަށް މަސައްކަތްކޮށްފައި ހުންނާނެ،" ފުރަތަމަ "މޯލްޑިވިއަން އައިޑޮލް" އަކަށްވި ލައިޝާ ޖުނައިދު ދާދި ފަހުން ނެރުނު ލަވަ ވެސް ކެމެރާ ކުރި ހުސައިން ބުންޏެވެ. "އޭގެ އިތުރަށް ލަވައިގެ ބުނާ އެއްޗަކާ ވަރަށް ގުޅޭ ގޮތަށް މީގެ ސްޓޯރީއެއް އިންނާނެ."
ޝަލަބީގެ "ފަތްމިނި" އަކީ އަންހެނުން ޝިފާ
ޝަލަބީގެ "ފަތްމިނި" މާދަމާ ފެންނާނެ
ކުޑައިއްބެގެ "ލޯބިކަން" ދައްކާލައިފި
"ލޯބިވެވިއްޖެ"ގެ ލަވަތައް ސައުންޑްކްލައުޑަށް
"ގުނަމުން މިދާ" ގެ އޯޑިއޯ އަށް ފަހު ވީޑިއޯ
"ލޯބިވެވިއްޖެ" ގެ ޕްރޮމޯޝަނަލް ލަވަ ކާސްޓުންގެ އަޑުން
ކުޑަ އިއްބެ އާއި އަޝްފާގެ "ގުނަމުން މިދާ"
ލައިޝާ އަށް "ބޮޑު ޝޮކެއް"، މައާފަށް އެދިއްޖެ
ރެވިއޯގެ އާ އަލްބަމް "ޑީއެންވީއާރް"
"ސަމުގާ" މައްސަލާގައި މިއުޒީޝަނުންގެ ބޮޑު ކޯޅުމެއް