Roadha Mihaaru
ފެނުނީ ގައުމު ހަލަބޮލިކުރަން ބޭނުން ނުވިކަން: އަދުރޭ

ދިވެހިން ދައްކައިދިނީ ގައުމު ހަލަބޮލި ކުރަން ބޭނުން ނުވާ ކަން: އަބްދުއްރަހީމް

22 އެޕްރީލް 2024

ދިވެހިން އިއްޔެ ނުކުމެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުންނަށް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ސާފު އަޣުލަބިއްޔަތު ދިނީ އަނެއްކާވެސް ގައުމު ހަލަބޮލި ކަމަށް ދާން ބޭނުން ނުވާތީ ކަމަށާއި އެ ނިންމުގެ އަސްލަކީ ރައީސްގެ ހަރުދަނާ ސިޔާސަތު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ދިވެހިން އިއްޔެ ނުކުމެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުންނަށް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ސާފު އަޣުލަބިއްޔަތު ދިނީ އަނެއްކާވެސް ގައުމު ހަލަބޮލި ކަމަށް ދާން ބޭނުން ނުވާތީ ކަމަށާއި އެ ނިންމުގެ އަސްލަކީ ރައީސްގެ ހަރުދަނާ ސިޔާސަތު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެގެ އިންތިހާބުގައި ސަރުކާރުން ތާއީދުކުރި ކެންޑިޑޭޓުންނާ އެކު ޕީއެންސީ އަށް 70 އަށް ވުރެ ގިނަ ގޮނޑި ދީފައިވާއިރު އިދިކޮޅު އެމްޑީޕީ އަށް ނެގުނީ އެންމެ 12 ގޮނޑި އެވެ.

އެ ބޮޑު ކާމިޔާބީއާ ގުޅިގެން "މިހާރު" އާ ވާހަކަ ދައްކަވަމުން، ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސަށް ވެރިކަން ދިން މަގުސަދު ހާސިލް ކޮށްދިނުމަށްޓަކައި ދިވެހިން ތިބީ މަގުފަހިކޮށްދީގެން ކަން އިއްޔެގެ ނަތީޖާ އިން އެނގޭ ކަމަށެވެ.

ރައްޔިތުންނަށް ރައީސް މުއިއްޒާ ދޭތެރޭގައި އިތުބާރު ލިބުނީ މާ ބޮޑަށް،"--- އަބްދުއްރަހީމް

"ސިޔާސީ ކޯޅުމާއި ޖަދަލު ކުރުމުގައި ގައުމު އަބަދު ހަނާވާން ދޫނުކުރާނެކަން ރައްޔިތުން ސާބިތު ކޮށްދިނީ،" ރައީސް މުއިއްޒު އެންމެ އިތުބާރު ކުރައްވާ ސިޔާސީ ގޮތުން މިހާރު އެންމެ ގާތް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވެސް ވަނީ ފޮނަދޫ ދާއިރާގެ މަޖިލިސް އިންތިހާބު އިއްޔެ ކާމިޔާބު ކުރައްވައިފަ އެވެ. މިއީ އޭނާ މަޖިލިހުން ޖާގަ ހޯއްދެވި ތިން ވަނަ ފަހަރެވެ. އަބްދުއްރަހީމް ވަނީ 17 ވަނަ މަޖިލިހާއި 18 ވަނަ މަޖިލިހުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ފަސް މަސް ތެރޭގައި ދިވެހިންނަށް ދަސްވި އެއްކަމަކީ ރައީސް މުއިއްޒަކީ ވައުދުތަކުގެ މަތިން ހަނދުމަފުޅު ނައްތާލައްވާނެ ބޭފުޅެއް ނޫން ކަމެވެ.

"....ރައްޔިތުންނާ މެދު އިހާނެތިކޮށް ކަންތައްތައް ނުކުރައްވާނެކަން. ރައްޔިތުންނަށް ރައީސް މުއިއްޒާ ދޭތެރޭގައި އިތުބާރު ލިބުނީ މާ ބޮޑަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީޕީގެ ނާކާމިޔާބީތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެމްޑީޕީ އަށް ރާއްޖޭގެ ވެރިކަން ދެ ބުރަށް ދިން ނަމަވެސް އޭގެ ނަތީޖާ ނުފެނުނު ކަމަށެވެ. ހާއްސަކޮށް އެމްޑީޕީގެ އިހުލާސްތެރިކަމެއް ނެތުމާއި ގައުމަށް ހިދުމަތް ކުރުމުގެ ގާބިލްކަން ނެތުމަކީ ވެސް ނާކާމިޔާބީގެ ސަބަބެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.