Roadha Mihaaru
ބިލަކާ ދެކޮޅަށް ޖޯޖިއާގެ ކުޅުންތެރިން އިހްތިޖާޖަށް

މަޖިލީހަށް ހުށަހެޅި ބިލަކާ ދެކޮޅަށް ޖޯޖިއާގެ ކުޅުންތެރިން އިހްތިޖާޖަށް

18 އެޕްރީލް 2024

ޓްބިލީސީ، ޖޯޖިއާ (އޭޕްރީލް 18) – ޖޯޖިއާގެ ގާނޫނުހަދާ މަޖިލީހަށް ހުށަހެޅި ބިލަކާ ދެކޮޅަށް އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިން މުޒާހަރާ ފަށައިފި އެވެ.

ޓްބިލީސީ، ޖޯޖިއާ (އޭޕްރީލް 18) – ޖޯޖިއާގެ ގާނޫނުހަދާ މަޖިލީހަށް ހުށަހެޅި ބިލަކާ ދެކޮޅަށް އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިން މުޒާހަރާ ފަށައިފި އެވެ.

ގައުމުން ބޭރުން އަމިއްލަ ފަރާތްތަކަށް ލިބޭ ފައިސާ ހުއްޓުވުމަށް އެ ގައުމުގެ ވެރިކަން ކުރާ ޑްރީމް ޕާޓިން ހުށަހެޅި ބިލާ ދެކޮޅަށް ޖޯޖިއާގެ ގައުމީ ޓީމުގެ ކެޕްޓަން ޖަބާ ކަންކަވާ ވަނީ ރަޝިޔާ އަށް ފާޑުކިޔައިފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ގައުމުން ބޭރުން ފައިސާ ލިބޭ އަމިއްލަ ފަރާތްތަކަކީ ބިދޭސީ ގައުމުތަކުގެ އެޖެންޓުންކަމަށް ސިފަ ކުރާ ގާނޫނެއް ރަޝިޔާގައި 2012 ގައި ފާސް ކުރި އެވެ.

ހަމަ އެ ގާނޫނާ އެއްވައްތަރުގެ ބިލެއް މަޖިލީހަށް ހުށަހެޅުމުން ގިނަ ބަޔަކު ދަނީ ވެރިރަށް ޓްބިލީސީގައި މުޒާހަރާ ކުރަމުންނެވެ.

އެފަދަ ގާނޫނެއް، ޖޯޖިއާއިން ފާސްކޮށްފިނަމަ އެ ގައުމުން ޔޫރަޕިއަން ޔޫނިއަންގެ މެންބަރުކަން ހޯދަން ކުރާ މަސައްކަތަށް ހުރަސް އެޅޭނެ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތަށް މި އަހަރު އަލަށް ކޮލިފައިވި ޖޯޖިއާގެ ޓީމުގެ ފޯވާޑް ނަޕޯލީގެ ކްވިޗާ ކްވަރަޓްސްކެލިއާ އާއި ސްޕެއިންގެ ވެލެންސިއާ އަށް ކުޅެމުން އަންނަ ޖޯޖިއާގެ ގައުމީ ކީޕަރި ޖިއޯޖީ މަމަރްދާޝްވިލީ ބުނީ ޖޯޖިއާ އަށް ކުރިއަށް ދެވޭނީ ޔޫރަޕްގެ އުސޫލުތަކާ އެކު ކުރިއަށް ގޮސްންގެން ކަމަށެވެ.

"ޖޯޖިއާގެ މަގު ޔޫރަޕަށް. ޔޫރަޕްގެ ގޮތް އަޅުގަނޑުމެން އެއްބައިވަންތަކޮށްލަނީ!! ކުރިއަށް ޔޫރަޕް!! ޖޯޖިއާ އަށް ސުލްހަ." މި އިބާރާތުގައިވާ މެސެޖު މަމާޑާޝްވިލީ ކްވަރަޓްސްކެލިއާ ވަކިން ކޮށްފައިވާ ޕޯސްޓްގައި ވެއެވެ.