Roadha Mihaaru
އިންތިހާބަށްޓަކައި އެކަތިގަނޑަކަށް ވާން އެދިވަޑައިގެންފި

އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެކަތިގަނޑަކަށް ވާން ރައީސް އެދިވަޑައިގެންފި

04 އެޕްރީލް 2024

މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޕީއެންސީގެ އެތެރޭގައި އޮތް ދެބައިވުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޕީއެންސީގެ އެތެރޭގައި އޮތް ދެބައިވުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވިލިނގިލީ ދާއިރާގެ ޖަގަހައެއް މާލޭގައި ހުޅުވުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ މި އިންތިހާބަކީ އެ މަނިކުފާނުގެ ސަރުކާރުން މާލެ އާއި ރަށްރަށަށް ކޮށްދޭން ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތައް ހަގީގަތަކަށް ހެދުމަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެ، އެއްބައިވަންތަ ވާންވީ ވަގުތު ކަމަށެވެ. ގައުމުގެ މަސްލަހަތު އިސްކޮށް އެންމެ އެކުވެރިކަމާ އެކު މަސައްކަތް ކޮށްފި ނަމަ މި އިންތިހާބު ޕީއެންސީ އަށް ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް މަޖިލީހުގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށާއި މަޖިލީހުގެ އެއްބާރުލުން ނުލިބި މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެ އެވެ. އެހެންވެ، ޕީއެންސީގެ ފަރާތުން ޕާޓީގެ ޕްރައިމަރީ ކާމިޔާބުކޮށް، މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުން ވަރަށް މުހިންމެވެ.

ނަމަވެސް ޕާޓީ ތެރޭގައި މިހާރު އޮތް ހިޔާލު ތަފާތުވުންތަކާއި ބައިބައިވުންތަކުގެ ސަބަބުން ގިނަ ގޮނޑިތަކެއް ގެއްލި، އިދިކޮޅުގެ ކެންޑިޑޭޓުންނަށް ފުރުސަތު ބޮޑުވުމުން އޭގެ ގެއްލުން ރައްޔިތުންނަށް ކޮށްފާނެތީ ރައީސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރައީސް އެގޮތަށް މި އިޝާރަތް ކުރެއްވީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވި ބައެއް މީހުން މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާތީ އެވެ. އޭގެ ސަބަބުން ވޯޓުތައް ދެބައިވުމުގެ ފުރުސަތު ބޮޑުވުމުންނެވެ. މިފަހަރުގެ އިންތިހާބުގައި އެންމެ ގިނައީ ވެސް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ.

އަޅުގަނޑުމެންގެ އަތުގައި ހުރި ގޮޑިތަކެއް، ވިލިނގިލީ ދާއިރާ ފަދަ، ދޫކޮށްލަންވީ ސަބަބެއް ނެތް. އެކަން ނުކުރައްވަވާ: ރައީސް

"އަޅުގަނޑުމެންގެ އަތުގައި ހުރި ގޮޑިތަކެއް، ވިލިނގިލީ ދާއިރާ ފަދަ، ދޫކޮށްލަންވީ ސަބަބެއް ނެތް. އެކަން ނުކުރައްވަވާ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"... ނައިފަރު ދާއިރާ. ނައިފަރު ދާއިރާގައި އަޅުގަނޑު ކެންޑިޑޭޓަކީ ބާސް، އަޅުގަނޑުމެންގެ ޕްރައިމަރީ ކާމިޔާބުކުރި އަޅުގަނޑުގެ ފުރިހަމަ އިތުބާރު އޮތް، ސަތޭކަ ޕަސެންޓް އިތުބާރު އޮތް ކެންޑިޑޭޓަކީ ބާސް. އެކަމަކު އެތަނުން އެހެން ބޭފުޅަކު، އަޅުގަނޑުމެންގެ ތެރެއިން ބޭފުޅަކު ނުކުމެވަޑައިގެން މަސައްކަތް ކުރެއްވީމާ އަޅުގަނޑުމެންގެ ޒަމާންވީ، އަބަދުވެސް އަޅުގަނޑުމެންނަށް ލިބޭ ގޮނޑިއެއް އެމްޑީޕީއަށް ނޫންތޯ ދާނީ. އެހެން މިހާރު އެ ދަނީ. އެހެން ނަހައްދަވާ ނައިފަރު ރައްޔިތުން."

ރައީސް ވިދާޅުވި ގޮތުގައި، ނައިފަރަކީ ވިލިނގިއްޔެކޭ އެއްގޮތަށް ޕީޕީއެމް/ޕީއެންސީ އަށް އަބަދުވެސް ވަރަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. އެހެން ނަމަވެސް އެ ރަށުގެ ގޮނޑި މިހާރު އޮތްގޮތުން، ޕާޓީ ތެރޭގައި އޮތް ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިން ގެއްލިގެން ހިންގައިދާނެ ކަމުގެ ބިރު އެބައޮތެވެ.

ބައިބައިވުންތަކަށް ފުރުސަތު ނުދީ، މިދިޔަ ރިޔާސީ އިންތިހާބުގައި ޕާޓީގެ އެންމެން ގުޅިގެން ދެއްކި އެއްބައިވަންތަކަން އަލުން ދައްކައިދިނުމަށް ރައީސް އެދިވަޑައިގަތެވެ.