30 މާޗް 2024
ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ފްލެޓް ދޭން ނިންމާފައިވާ މީހުންގެ ލިސްޓް "އޮޅާލާނެ" ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ފްލެޓް ދޭން ނިންމާފައިވާ މީހުންގެ ލިސްޓް "އޮޅާލާނެ" ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި މިރޭ އެމްޑީޕީން ހުޅުމާލޭގައި ބޭއްވި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބޫ ވިދާޅުވީ އެމްޑީޕީއަށް މިއަދު ވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތް ނަމަ، ރައީސް މުއިއްޒުގެ އަމިއްލަ ލިސްޓަކަށް ފްލެޓްތައް ބަހާލައި ނިންމާލާނެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.
"އެހެން ނޫން ނަމަ، ތިން މަސް ހަތަރު މަސް ވެގެންދާއިރު މިކަން ނުކޮށް ތިބެންވީ އެއްވެސް ސަބަބެއް ނެތް. ވަރަށް ހާމަކަމާ އެކު ކޮށް ނިންމާފައި އޮތް ކަމެއް. ފުރަތަމަ ވިދާޅުވީ ކީކޭތޯ އެއްވެސް ބޭފުޅަކަށް ސަރުކާރުގެ އެއްވެސް ލިޔުމެއް ލިބިފައިވާ ނަމަ ޝައްކު ނުކުރާށޭ އެ ބޭފުޅަކަށް ފްލެޓާއި ގޯތި ދޭނަމޭ. ހަފުތާއެއް ނުވެ ބަދަލުވެއްޖެ،" އިބޫ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އޭގެ ދެ ހަފުތާ ފަހުން އޭސީސީ އިން ބަލައި ނިންމައި ފޮނުވުމުން ސަރުކާރުން އެކަން ދިރާސާ ކުރަން ބޭނުންވެ މިނިސްޓްރީ ތެރެއިން ކޮމިޓީއެއް ހަދައިގެން އުޅުމަށްފަހު މިހާރު "ރައީސް މުއިއްޒުގެ ކޮމިޓީއެއް" ހަދާފައިވާ ކަމަށެވެ. މީގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބޭނެ ކަމުގެ އުއްމީދުގައި ފްލެޓްތައް ނުދީ ދިގު ދަންމާލުން ކަމަށް ވިދާޅުވި އެވެ.
"މެޖޯރިޓީ ލިބިއްޖެއާ ހަމަ ޔަގީން އޮޅާލާނެ. އެހެންވީމަ މި ހުރިހާ ކަމެއް ހުއްޓުމަށްޓަކައި ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ތެދުވާން އެބަ ޖެހޭ. އަބަދުވެސް އެމްޑީޕީ ތިބޭނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް. އަޅުގަނޑުމެންގެ އިތުރު ވިސްނުމެއް ނެތް،" ކުރީގެ ރައީސް އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ފޯރީގައި ކުރިއަށް ދާއިރު، ކޮންމެ ރެއަކު ވެސް ރައީސް އާއި ކުރީގެ ރައީސް އިބޫއާ ދެމެދު ބަހުގެ ހަމަލާތައް ރައްދު ކުރައްވަ އެވެ. ދެ ބޭފުޅުންގެ މެދުގައި އެންމެ ބޮޑަށް ހަމަލާތައް ރައްދު ކުރައްވަނީ މާލޭގެ ރައްޔިތުންނަށް ކުރީ ސަރުކާރުން ދޫކުރި ގޯތިތަކުގެ މައްސަލާގަ އެވެ.
މިރޭ މާލޭގައި އޮތް ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވެސް ވަނީ ކުރީގެ ރައީސް އިބޫއަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ފަސް އަހަރެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރަން ލިބުމަކީ ހިތްޕުޅަށް އަރާވަޑައިގަންނަވާ ގޮތަކަށް އިތުރުފުޅު ހަދަން ލިބޭ ލައިސެންސެއް ނޫން ކަމަށެވެ. އެއަށްވުރެ އިހްލާސްތެރި އަދި ތެދުވެރިވާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ވާހަކަފުޅު ދައްކަވާއިރު ތެދު ބަހުން ވާހަކަ ދައްކަން ޖެހޭނީ ކޮންމެ ބޭފުޅަކު ވެސް. އޮޅުވާލެވިދާނެ. ދޮގު ހެދިދާނެ. އެކަމަކު އޮޅުވާނުލެވޭނެ ފަރާތެއްވާކަން އަބަދުވެސް ވާކަން ހަނދާން ކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ފްލެޓްތައް ވެސް ވީއެންމެ އަވަހަކަށް ދޫކުރާނެ ކަމަށާއި އެކަން ލަސްވެފައިވަނީ ވެސް އޭސީސީ އިން މައްސަލަ ބަލައި، ގޮތްތަކަށް އަމަލު ކުރަން އަންގާފައިވާތީ ކަމަށް ރައީސް ވިދާޅުވި އެވެ. އޭސީސީ އިން އަންގާ އެންގުމަކަށް އަމަލު ކުރުމަކީ ގާނޫނުއަސާސީން އެމަނިކުފާނުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ބަލާ ބެލުމަކަށް ލަސްވަނީ. އަޅުގަނޑުމެން އެ ފްލެޓްތައް ވަކި ބަޔަކަށް ދޭން ވެގެން ކުރާ ލަހެއް ނޯންނާނެ. އެކަހަލަ އެއްވެސް ކަމެއް ނުކުރާނަން. އެހެންކަމުން އެކަހަލަ ދޮގުތަކަށް އަޅުގަނޑުމެންގެ ސިކުނޑިން ޖާގަ ދެއްވައިގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.
"އަނިޔާވެރިއެއް ނުވާނަން، އެކަމަކު އިންސާފުވެރިވާނަން"
ވެރިކަން ކުރުމަކީ ދޮގު ހަދަން ލިބޭ ލައިސެންސެއް ނޫން
އަބްދުއްރަހީމް މަޖިލިހުގެ ރައީސްކަމަށް، ދިނީ ޔަގީންކަން
ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް: އަދުރޭ
"ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ދައުރުގެ ކުރިން ލިބޭ"
ސުޕަމެޖޯރިޓީ ދައްކާލައި، ކާމިޔާބީ ފާހަގަކޮށްފި
ޕާޓީތައް އެކުވެރިވެ އެކުގައި މަސައްކަތް ކުރަން ދައުވަތު
"ރައްޔިތުންގެ އިތުބާރާއެކު ތަރައްގީގެ ދުވެލި ބާރުވާނެ"
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް
އެމްޑީޕީ ލީޑަޝިޕްގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވެއްޖެ