29 މާޗް 2024
ފަސް އަހަރު ވެރިކަން ކުރުމަކީ ރައްޔިތުންގެ ކުރިމަތީގައި ދޮގު ހަދަން ލިބޭ ލައިންސެންސެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.
ފަސް އަހަރު ވެރިކަން ކުރުމަކީ ރައްޔިތުންގެ ކުރިމަތީގައި ދޮގު ހަދަން ލިބޭ ލައިންސެންސެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ފޯރީގައި ކުރިއަށް ދާއިރު، ކޮންމެ ރެއަކު ވެސް ރައީސް އާއި ކުރީގެ ރައީސް އިބޫއާ ދެމެދު ބަހުގެ ހަމަލާތައް ރައްދު ކުރައްވަ އެވެ. ދެ ބޭފުޅުންގެ މެދުގައި އެންމެ ބޮޑަށް ހަމަލާތައް ރައްދު ކުރައްވަނީ މާލޭގެ ރައްޔިތުންނަށް ކުރީ ސަރުކާރުން ދޫކުރި ގޯތިތަކުގެ މައްސަލާގަ އެވެ.
މިރޭ މާލޭގައި އޮތް ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވައުދުވެފައިވާ ގޮތަށް ގޯތި ލިބުނު އެންމެންނަށް އެމީހެއްގެ ގޯތި ހަވާލު ކުރަމުންދާނެ ކަމަށާއި ކުރީ ސަރުކާރުން ހެދިހެން ރައީސް އޮފީސް ތެރޭ ވަކި ލިސްޓެއް ހަދައި ގޯތިތައް ދޫކުރަމުން ނުދާނެ ކަމަށެވެ.
"އަޅުގަނޑު ހަނދާން އެބަހުރި އެބޭފުޅުން އެކަން ކުރި ގޮތް. އެ ބޭފުޅުން ވަކި ލިސްޓެއް ހަދައިގެން ފޯމް ލިޔަސް ނުލިޔަސް ގޯއްޗާއި ފްލެޓް ދިނީ، އެކަން ނޫންތޯ އޭސީސީއިން އެބަލަނީ. އަޅުގަނޑުމެން ވަކި ލިސްޓެއް ހަދައިގެން ވަކި ލިސްޓަކަށް އެ ގޯތިތައް ދޭން ވެގެން އެބަ އުޅެއޭ، ތިމަންނަމެންގެ މެޖޯރިޓީ މަޖިލީހުގައި އޮތީމައޭ އެކަން ނުކުރެވިގެން އުޅެނީއޭ ކިޔައިގެން ދައްކަނީ ހުސް ބުހުތާނު ދޮގު،" ރައީސް ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފްލެޓުތައް "ނުހައްގުން ބަހާނުލެވި އޮތީ" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީ އަށް އޮތުމުން ކަމަށެވެ.
އެ ވާހަކައަށް ރައްދު ދެއްވައި ރައީސް މުއިއްޒު ވިދާޅުވީ ފަސް އަހަރެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރަން ލިބުމަކީ ހިތްޕުޅަށް އަރާވަޑައިގަންނަވާ ގޮތަކަށް އިތުރުފުޅު ހަދަން ލިބޭ ލައިސެންސެއް ނޫން ކަމަށެވެ. އެއަށްވުރެ އިހްލާސްތެރި އަދި ތެދުވެރިވާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ވާހަކަފުޅު ދައްކަވާއިރު ތެދު ބަހުން ވާހަކަ ދައްކަން ޖެހޭނީ ކޮންމެ ބޭފުޅަކު ވެސް. އޮޅުވާލެވިދާނެ. ދޮގު ހެދިދާނެ. އެކަމަކު އޮޅުވާނުލެވޭނެ ފަރާތެއްވާކަން އަބަދުވެސް ވާކަން ހަނދާން ކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން އެއްވެސް ގޯއްޗެއްގައި އަތެއް ނުލާނެ ކަމަށާއި މަސައްކަތް ކުރަމުން ދަނީ ގޯތިތައް އަވަހަށް ދޫކުރުމަށް ކަމަށެވެ. ހުޅުމާލެ ފޭސް 3 އަކާއި ގުޅީފަޅާއި ގިރާވަރުފަޅު ވެސް ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި އެ ތަންތަން ހިއްކާނީ ކުރީގެ ސަރުކާރުން ހިއްކަން ނިންމި ވަރަށްވުރެ ވެސް ބޮޑުކޮށް ކަމަށެވެ. އަދި ހުޅުމާލެ އިން ދީފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށާއި އަސާސީ ހިދުމަތް ދޭން އަޅާފައިވާ ސާވިސް ލައިންއަށް އަރާ ގޯތިތައް ދޫކުރުމަށް އެތަންތަން ރީލޮކޭޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ޕީޕީއެމް/ޕީއެންސީގެ އިވެންޓްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ދެއްވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ގޯތީގެ އިތުރުން ފްލެޓްތައް ވެސް ވީއެންމެ އަވަހަކަށް ދޫކުރާނެ ކަމަށާއި އެކަން ލަސްވެފައިވަނީ ވެސް އޭސީސީ އިން މައްސަލަ ބަލައި، ގޮތްތަކަށް އަމަލު ކުރަން އަންގާފައިވާތީ ކަމަށް ރައީސް ވިދާޅުވި އެވެ. އޭސީސީ އިން އަންގާ އެންގުމަކަށް އަމަލު ކުރުމަކީ ގާނޫނުއަސާސީން އެމަނިކުފާނުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ބަލާ ބެލުމަކަށް ލަސްވަނީ. އަޅުގަނޑުމެން އެ ފްލެޓްތައް ވަކި ބަޔަކަށް ދޭން ވެގެން ކުރާ ލަހެއް ނޯންނާނެ. އެކަހަލަ އެއްވެސް ކަމެއް ނުކުރާނަން. އެހެންކަމުން އެކަހަލަ ދޮގުތަކަށް އަޅުގަނޑުމެންގެ ސިކުނޑިން ޖާގަ ދެއްވައިގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ގެދޮރުވެރިކަން ޔަގީން ކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު ސިޔާސަތު ކަމަށާއި މި ފަސް އަހަރު ނިމޭއިރު ގެދޮރު ޔަގީން ނުވާ ހަމަ އެއްވެސް ރައްޔިތެއް ނުހުންނާނެ ކަމަށެވެ. އެހެންކަމުން ބޭނުން ވަނީ އެ ސިޔާސަތަށް އެއްބާރުލުން ދޭނެ މަޖިލިސް މެންބަރުން އަންނަ އިންތިހާބުގައި ހޮވައިދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަނިޔާވެރިއެއް ނުވާނަން، އެކަމަކު އިންސާފުވެރިވާނަން"
ސަރުކާރަށް މަޖިލިސް ލިބިއްޖެނަމަ ފްލެޓް ލިސްޓް އޮޅާލާނެ
އަބްދުއްރަހީމް މަޖިލިހުގެ ރައީސްކަމަށް، ދިނީ ޔަގީންކަން
ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް: އަދުރޭ
"ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ދައުރުގެ ކުރިން ލިބޭ"
ސުޕަމެޖޯރިޓީ ދައްކާލައި، ކާމިޔާބީ ފާހަގަކޮށްފި
ޕާޓީތައް އެކުވެރިވެ އެކުގައި މަސައްކަތް ކުރަން ދައުވަތު
"ރައްޔިތުންގެ އިތުބާރާއެކު ތަރައްގީގެ ދުވެލި ބާރުވާނެ"
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް
އެމްޑީޕީ ލީޑަޝިޕްގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވެއްޖެ