29 ފެބުރުއަރީ 2024
މާޗް މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަސް ތެރޭ ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ތަސްދީގު ކުރައްވައިފި އެވެ.
މާޗް މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަސް ތެރޭ ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ތަސްދީގު ކުރައްވައިފި އެވެ.
މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރުމުން، ބިލް ތަސްދީގު ކުރަން ރައީސް ނިންމެވީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އެގޮތަށް ގާނޫނީ ލަފާ ދެއްވުމުންނެވެ. ބިލް ފާސްކުރުމާ އެކު ގާނޫނު އޮތް ގޮތުން ދެން ރޯދަ މަސް ތެރޭގައި އިންތިހާބު ނުބޭއްވޭނެ އެވެ.
އިސްލާހުގައިވާ ގޮތުން އިންތިހާބު ބޭއްވޭނީ ރޯދަ މަސް ނިމި، 10 ދުވަސް ފަހުންނެެވެ.
ރޯދަ މަސް ތެރޭ އިންތިހާބު ނުބޭއްވޭ ގޮތަށް ފުރަތަމަ ފާސްކުރި ބިލް ތަސްދީގު ނުކުރައްވައި ރައީސް ފޮނުވާލެއްވީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ވިދާޅުވެ، ފަސް ކަމެއް ފާހަގަކުރެއްވުމަށް ފަހު އެވެ. ރައީސް މުއިއްޒު އެ ބިލް އަނބުރާ ފޮނުވައިލެއްމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު މަޖިލީހަށް ލިބެ އެވެ.
އެގޮތަށް ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެކަމަށް ވަކި މުއްދަތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނެތެވެ. ދެވަނަ ފަހަރަށް މަޖިލީހުން ބިލް އިއްޔެ ފާސްކޮށްފައިވާ އިރު، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ބުނަނީ ބިލް ވަގުތުން ތަސްދީގު ކުރަން ރައީސަށް ލާޒިމް ކަމަށެވެ.
ނަމަވެސް، ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެފައިވަނީ އަބަދުވެސް ގަބޫލުކުރާ ރައުޔަކީ މަޖިލީހުން މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަަށް ކަނޑައެޅި ކަނޑައެޅުން ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ. ނަމަވެސް، އަބަދު ބާރުތަކުގެ މެދުގައި އަރައިރުން އޮތުމަކީ މަސްލަހަތު ހުރި ގޮތް ނޫން ކަމަށާއި ބިލް ތަސްދީގު ކުރުމާ މެދު ގާނޫނީ ލަފާ ރައީސަށް ދެއްވާނީ ގައުމީ އަދި ރައްޔިތުންގެ މަސްލަހަތުގައި ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފަ އެވެ.
ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
ނަމަވެސް، މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ބާތިލްކޮށް އަލުން އެހެން މާއްދާތަކެއްގައި އެ އިސްލާހުތައް ލިޔެފައިވާތީ، މައްސަލާގައި ބަޔާންކޮށްފައިވާ މާއްދާތައް މިވަގުތު ވުޖޫދުގައި ނެތުމުން ކޯޓަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުންޏެވެ.
ހުސް ގޮނޑި ނުލައި ޖުމްލަ މެންބަރުން ގުނަމުން ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެގޮތަށް އަމަލު ކުރުން ފަސް ކުރަން އަމުރުކޮށްފަ އެވެ. ނަމަވެސް، މަޖިލީހުން އެ އަމުރަށް ތަބާނުވާން ނިންމައި ތަޅުމުން ފާސްކުރީ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަަލައިގެން ކުރިއަށްދާށެވެ. އޭގެފަހުން މަޖިލީހުގެ ގަވައިދުން އެ މާއްދާތައް އުނިކޮށް އަލުން އިތުރު މާއްދާތަކެއް ހަމަ އިސްލާހު އޮތް ގޮތަށް ލިޔުނެވެ.
އިންތިހާބު ފަސްކުރުމުގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެންނެވެ.
ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ގަވައިދަށް ގެނައި އިސްލާހުތައް ބާތިލް ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ މަޖިލީހުން ގަވައިދަށް ބަދަލު ގެންނަން މަޖިލީހުން ނިންމާފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށާއި އެ މަޖިލީހުގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ވެސް ގާނޫނުއަސާސީގައި ބުނާ އަޣުލަބިއްޔަތަށް ވުރެ ވެސް ގިނަ މެންބަރުން އެބަ ތިބި ކަމަށެވެ.
ނަމަވެސް، މެންބަރުންގެ އަދަދާ މެދު ގެނައި ބަދަލުވުން މަޖިލީހުގައި މެޖޯރިޓީ އޮތް ސިޔާސީ ފިކުރުގެ ވޯޓުތައް ވަރުގަދަވެގެން ދިޔުން ނޫން އިތުރު ނަތީޖާއެއް ނެތް ކަމަށް ހުކުމްގައިވެ އެވެ. މަޖިލީހުގެ މެންބަރުންނަކީ އަމިއްލަ މަސްލަހަތާއި ޒަތީ މަސްލަހަތު ކުރިއަރުވަން މަޖިލީހުގައި ތިއްބަވާ ބައެއް ނޫން ކަމަށާއި ކުރިއަރުވަން ޖެހޭނީ މުޅި ގައުމާއި ރައްޔިތުންގެ ހެވާއި ލާބަ ކަމަށް ހުކުމްގައި ބުންޏެވެ.
"އެހެންކަމުން، މަޖިލީހުން ނިންމި ނިންމުމަކީ ހެޔޮ ނިޔަތުގައި ކުރި ކަމެއް ކަމަށް ގަބޫލު ކުރަން އަހަރެންނަށް ދަތި،" ޑރ. އަޒްމިރަލްދާ ވިދާޅުވި އެވެ.
މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނާ ގޮތަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރިޔަސް، މަޖިލީހުގައި މިހާރު ހިނގަމުންދާ އެއްވެސް ކަމެއް ބަދަލު ކުރަން ނުޖެހެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ މިއަދު ސުޕްރީމް ކޯޓުގެ ހުކުމްގައި، މަޖިލީހުގެ ގަވައިދަށް ފަހުން ގެނައި އިސްލާހު ނުގެނެވޭނެ އިސްލާހެއް ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ.
"ކޯޓަށް މައްސަލަ ފުރަތަމަ ހުށަހެޅިއިރު މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ ބަދަލާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިއަދު އެއްޗެއް ވިދާޅުވީ. އެހެންނަމަވެސް ފަހުން ގަވައިދަށް ގެނައި ބަދަލާ އެކު މަޖިލީހަށް ކުރިއަށް ދެވޭނެ ކަމަށް އަޅުގަނޑަށް ހުކުމް މާނަ ކުރެވެނީ،" އީސަ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއް ގާނޫނުއަސާސީއާ ހިލާފުވޭތޯ ބެލުމުގެ އެއްވެސް ބާރެއް ރައިސުލްޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ކަމަށާއި އެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށް ވެސް އީސަ ވިދާޅުވި އެވެ.
ރައީސަށް ދޭ ލަފާގައި އިސްކުރާނީ ގައުމީ މަސްލަހަތު:އޭޖީ
އަބްދުއްރަހީމް މަޖިލިހުގެ ރައީސްކަމަށް، ދިނީ ޔަގީންކަން
"ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ދައުރުގެ ކުރިން ލިބޭ"
"ރައްޔިތުންގެ އިތުބާރާއެކު ތަރައްގީގެ ދުވެލި ބާރުވާނެ"
ހެނދުނާ ވޯޓުލައި ތާރީހީ މޮޅެއް ހޯދައިދީ: ރައީސް
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
ޕީއެންސީގެ ޓިކެޓް ލިބުނު ކޫކުގެ ތާއީދު ޒަމީރަށް
"ކާމިޔާބުކަމާއެކު ސަރުކާރު ހިންގަން މަޖިލިސް ބޭނުންވޭ"
ބިލް ތަސްދީގު ނުކުރާނަމަ، ތާރީހު ބަދަލު ނުވާނެ: އީސީ
ހުކުމާ ގުޅިގެން ބަދަލެއް ގެންނަން ނުޖެހޭ: އެމްޑީޕީ