Roadha Mihaaru
މެރަތަންގެ އެއްވަނަ ކިޕްޓަމް އެކްސިޑެންޓެއްގައި މަރު

ދުނިޔޭގެ އެއްވަނަ މެރަތަން ދުވުންތެރިޔާ ކިޕްޓަމް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

12 ފެބުރުއަރީ 2024

ނައިރޯބީ (ފެބްރުއަރީ 12) – ދުނިޔޭގެ އެއްވަނަ މެރަތަން ދުވުންތެރިޔާ ކެންޔާގެ ކެލްވިން ކިޕްޓަމް ކާރު އެކްސިޑެންޓެއްގައި އިއްޔެ މަރުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނައިރޯބީ (ފެބްރުއަރީ 12) – ދުނިޔޭގެ އެއްވަނަ މެރަތަން ދުވުންތެރިޔާ ކެންޔާގެ ކެލްވިން ކިޕްޓަމް ކާރު އެކްސިޑެންޓެއްގައި އިއްޔެ މަރުވެއްޖެ އެވެ.

ދުނިޔޭގެ މެރަތަން ރެކޯޑް މިހާރު އޮންނަ ކިޕްޓަމްގެ އިތުރުން އޭނާގެ ކޯޗު ރުވާންޑާގެ ގެރްވައިސް ހަކީޒިމާނާ ވެސް އެ އެކްސިޑެންޓްގައި މަރުވި އެވެ. އިތުރު މީހަކަށް ވެސް އަނިޔާވެ، ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކެންޔާ ފުލުހުންގެ ކޮމާންޑަރު ޕީޓާ މުލިންގޭ އެ ގައުމުގެ "ނޭޝަން" ނޫހަށް ދިން އިންޓަވިއުގައި ވިދާޅުވީ ކިޕްޓަމް އާއި އޭނާގެ ކޯޗު އިން އުޅަނދު ކޮންޓްރޯލުން ނެއްޓި ގޮސް ގަހެއްގައި ޖެހުނީ ކަމަށެވެ. އަދި ގަހުގައި ޖެހި ވަޅުގަނޑަކަށް ވެސް ކާރު ޖެހުނެވެ.

އުމުރުން 24 އަހަރުގެ ކިޕްޓަމް އާއި ކޯޗު ގެރްވައިސް މަރުވީ ހާދިސާ ހިނގިތަނުގައި ކަމަށް މުލިންގޭ ވިދާޅުވި އެވެ. ކާރު ދުއްވަން އިނީ ކިޕްޓަމް އެވެ.

ދުނިޔޭގެ މެރަތަންގެ ރެކޯޑް ކިޕްޓަމް ހެދީ، އޮކްޓޯބަރު އެމެރިކާގެ ޝިކާގޯ (ޗިކާގޯ)ގައި ބޭއްވި މެރަތަންގަ އެވެ. އޭނޭ އޭޕްރީލް މަހު ލަންޑަން މެރަތަންއިން ވެސް އެއްވަނަ ހޯދި ކިޕްޓަމް ޝިކާގޯގެ މެރަތަންގައި ރެކޯޑް ހެދީ 2 ގަޑިއިރާއި 35 ސިކުންތުންނެވެ.

ކެންޔާގެ އޮލިމްޕިކް ކޮމިޓީން ދިޔައީ، ކިޕްޓަމް އަކީ މި އަހަރު ޕެރިހުގައި ބާއްވާ އޮލިމްޕިކްސްގައި އެ ގައުމު ލިޑް ކުރާ އެތުލީޓްގެ ގޮތުގައި ކަނޑައަޅައިގެން ކުރިއަށްދާ ގޮތަށެވެ.