Roadha Mihaaru
ހުޅުމާލޭގައި ހުރި ގުދަން ކޮންޓެއިނަރެއްގައި ރޯވެއްޖެ

ހުޅުމާލޭގައި ހުރި ގުދަން ކޮންޓެއިނަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

11 ފެބުރުއަރީ 2024

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ގުދަން ކުރަން ބޭނުންކުރާ ކޮންޓެއިނަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ގުދަން ކުރަން ބޭނުންކުރާ ކޮންޓެއިނަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަރުކޮޅުފުށި ސަރަހައްދުގަ އެވެ.

އެ ހާދިސާ ހިނގައިގެން އުޅޭ ކަން ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 4:00 ހާއިރު ކަމަށާއި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކޮންޓެއިނަރުގައި ހުރީ ހާޑްވެއާ ސާމާނުތަކެއް ކަމަށާއި އެތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަލިފާން ރޯވިތާ ގާތްގަނޑަކަށް ބައި ގަޑިއިރު ފަހުން ވަނީ ނިއްވާލައިފަ އެވެ.