06 ފެބުރުއަރީ 2024
ޖިންސީ ކުށްތަކާއި ނުރައްކާތެރި އެކި ކުށްތައް ސާބިތުވާ މީހުންނަށް އިއްވާ ޖަލު ހުކުމުގެ މުއްދަތު ހަމަވިޔަސް، އެ މީހަކީ އަލުން ކުށް ކޮށްފާނެ ކަމަށް ބެލެވޭ މީހެއް ނަމަ މުއްދަތެއް ނެތި ޖަލުގައި ބެހެއްޓޭ ގޮތަށް ސިންގަޕޫރުގައި ގާނޫނެއް ހަދައިފި އެވެ.
ޖިންސީ ކުށްތަކާއި ނުރައްކާތެރި އެކި ކުށްތައް ސާބިތުވާ މީހުންނަށް އިއްވާ ޖަލު ހުކުމުގެ މުއްދަތު ހަމަވިޔަސް، އެ މީހަކީ އަލުން ކުށް ކޮށްފާނެ ކަމަށް ބެލެވޭ މީހެއް ނަމަ މުއްދަތެއް ނެތި ޖަލުގައި ބެހެއްޓޭ ގޮތަށް ސިންގަޕޫރުގައި ގާނޫނެއް ހަދައިފި އެވެ.
އިއްޔެ ފާސްކުރި ގާނޫނު ހިނގާނީ ޖިންސީ ކުށްތަކުގައި މީހުން މަރާ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި ރޭޕްކުރާ މީހުން ފަދަ، ނުރައްކާތެރި ކުށްވެރިންނަށެވެ.
ލޯ އެންޑް ހޯމް އެފެއާޒް މިނިސްޓަރު ކޭ. ޝަންމުގަމް ޕާލިމެންޓުގައި ވިދާޅުވީ "އެންހާސްޑް ޕަބްލިކް ޕްރޮޓެކްޝަން" (އެސްއީޕީޕީ) ގެ ނަން ދީފައިވާ މި ގާނޫނުން މުޖުތަމައުއަށް އިތުރު ރައްކާތެރިކަން ހޯދައިދޭނެ ކަމަށެވެ. ސިންގަޕޫރަކީ އާންމު މުދަލަށް ގެއްލުން ދިނުމުގެ ކުދި ކުށްތަކުގައި ވެސް، ގައިގައި ތެޅުން ފަދަ ބޮޑެތި އަދަބު ދޭ ގައުމެކެވެ.
ސީނިއާ ޕާލިމެންޓްރީ ސެކްރެޓަރީ ފޯ ލޯ ރަހަޔޫ މަހްޒަމް ވިދާޅުވީ މުއްދަތެއް ނެތި ޖަލުގައި ހުންނަންޖެހޭ މީހެއް ކަމަށް ކަނޑައަޅާނީ ކޯޓުން ކަމަށެވެ.
"ކޯޓަށް ކަނޑައެޅިދާނެ އެ ކުށްވެރިއަކަށް އެންމެ އެކަށީގެންވަނީ އެ މީހެއްގެ މައްޗަށް އެސްއީޕީޕީ ހިންގުމުގެ ބަދަލުގައި އާންމު ގާނޫނުން އަދަބު ދިނުން ރަނގަޅު ކަމަށް ފެންނަ ނަމަ އެ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.
މި ގާނޫނުގެ ދަށުން، ހުކުމުގެ މުއްދަތަށް ފަހު ވެސް ޖަލުގައި ބަހައްޓަންޖެހޭ ކަމަށް ކަނޑައެޅުމުގެ ބާރު ފަނޑިޔާރުންނަށް ދީފައި ވާއިރު އެގޮތަށް ހުކުމްކުރާ މީހަކު ޖަލުން ދޫކޮށްލެވޭނީ އެ މީހެއްގެ ފަރާތުން ދެން ކުށް ތަކުރާރުވެދާނެތޯ ބެލުމަށް އެސެސްމަންޓެއް ހެދުމަށް ފަހު ހޯމް މިނިސްޓަރުގެ ނިންމުމަށެވެ.
އދ.ގެ ހިސާބުތައް ދައްކާ ގޮތުން ސިންގަޕޫރުގައި މީހުން މެރުމުގެ ކުށް ހިންގާ ނިސްބަތަކީ ކޮންމެ 100،000 މީހަކަށް 0.2 އެވެ. --އޭއެފްޕީ
ކޮރަޕްޝަންގެ ތުހުމަތުވާ ސިންގަޕޫރު ވަޒީރު އިސްތިއުފާދީފި
މާސްކް ނޭޅުމުން ސިންގަޕޫރުގައި މީހަކު ޖަލަށް ލައިފި
އޮންލައިންކޮށް ސިންގަޕޫރްގައި އަލަށް މަރުގެ ހުކުމެއް
މާސްކް ގަންނަން ނުކުތް ޕައިލެޓަކަށް ޖަލު ހުކުމެއް
ގާސިމަށް އާ ޓްރެވަލް ޑޮކިއުމަންޓެއް ދުލެއް ނުކުރި
ލަމްހާ ދޫކުރި މައްސަލަ ބަލަންޖެހޭ ސަބަބެއްނެތް:ހައިކޯޓް
ދެ ދުވަސް ތެރޭގައި މާލޭގައި ގިނަ މާރާމާރީތަކެއް
ކުއްޖެއްގެ މަރުގައި ޝައްކު އުފެދޭތީ ޕޯސްޓްމޯޓަމް ހަދަނީ
ކެފޭއަކަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލަ ބަލަނީ
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި