Roadha Mihaaru
އާ އަހަރަށް ދިރާގު ޕޯސްޓްޕެއިޑަށް ޑަބަލް ޑޭޓާ

އާ އަހަރު ފެށުމާ ދިމާކޮށް، ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑަބަލް ޑޭޓާ ދެނީ

29 ޑިސެމްބަރ 2023

އާ އަހަރު ފެށުމާ ދިމާކޮށް ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަން އޮފާތަކުގެ ތެރެއިން ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ޑަބަލް ޑޭޓާ ލިބޭ ޕަރޮމޯޝަނެއް ތައާރަފް ކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އާ އަހަރު ފެށުމާ ދިމާކޮށް ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަން އޮފާތަކުގެ ތެރެއިން ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ޑަބަލް ޑޭޓާ ލިބޭ ޕަރޮމޯޝަނެއް ތައާރަފް ކޮށްފި އެވެ.

އެ ޕްރޮމޯޝަނުގެ ދަށުން 7ޖީބީގެ ބޫސްޓަރެއް ނަގާ ކޮންމެ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރަކަށް ދެ ގުނަ ޑޭޓާ ލިބޭނެ އެވެ. ހަތް ޖިބީގެ ޑޭޓާ ނެގުމުން އިތުރު ޗާޖަކާ ނުލައި 14 ޖީބީ ޑޭޓާ ލިބޭނެ އެވެ.

Dhiraagu New Year Offers 2024 - Promotions

Dhiraagu New Year Offers 2024 - Promotions

Dhiraagu New Year Offers 2024

މި ލިންކުން ދިރާގު އޮފާތަކުގެ މައުލޫމާތު ލިބޭނެ.

އާ އަހަރު ފެށުމާ ދިމާކޮށް ދިރާގުން ތައާރަފު ކޮށްފައިވާ އިތުރު އޮފާތަކުގެ ތެރޭގައި "ސަޅި އެނުއަލް އަދި ސަޅި 180 ޑޭސް ޕްރޮމޯ" އާއި "ލިމިޓްލެސް ސޯޝަލް މީޑިއާ" ޕްރޮމޯޝަނާއި "ހިލޭ މައިފައި ޑިވައިސް" ދޭ ޕްރޮމޯޝަން ހިމެނެ އެވެ.

އެ ޕްރޮމޯޝަނުގައި ހިމެނޭ "ސަޅި އެނުއަލް" ޕްލޭނާ އެކު ކަސްޓަމަރުންނަށް 365 ދުވަހަށް ދުވާލަކު 1 ޖީބީ ލިބޭނެ އެވެ. "ސަޅި 180 ޑޭސް" ޕްލޭނާ އެކު ދުވާލަކު 4ޖީބީ، 180 ދުވަހަށް ލިބޭނެ އެވެ.

އާ އަހަރު ފެށުމާ ދިމާކޮށް ދިރާގުން ތައާރަފު ކޮށްފައިވާ އޮފާތައް އެ ކުންފުނީގެ އެޕުން އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެކްޓިވޭޓު ކުރެވޭނެ އެވެ.