06 ޑިސެމްބަރ 2023
ރާއްޖޭގައި ތިބި ކަމަށް ތުހުމަތުކުރާ އިންޑިއާ ސިފައިންގެ ސީދާ އަދަދު ކަށަވަރު ނުވެ، ތަފާތުވުންތަކެއް އަންނަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އަދަދުތައް ހާމަނުކުރުމުން ކަމަށާއި ލިޔެކިޔުންތަކުން އަދަދު އެނގުމާ އެކު މި ސަރުކާރުން ހާމަކުރާނެ ކަމަށް މަޖިލީހުގެ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިބި ކަމަށް ތުހުމަތުކުރާ އިންޑިއާ ސިފައިންގެ ސީދާ އަދަދު ކަށަވަރު ނުވެ، ތަފާތުވުންތަކެއް އަންނަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އަދަދުތައް ހާމަނުކުރުމުން ކަމަށާއި ލިޔެކިޔުންތަކުން އަދަދު އެނގުމާ އެކު މި ސަރުކާރުން ހާމަކުރާނެ ކަމަށް މަޖިލީހުގެ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސިފައިންގެ އަދަދާއި އެ ގައުމާ އެކު ވެފައިވާ ކަމަށް ޕީޕީއެމާއި ޕީއެންސީން ތުހުމަތުކުރި އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި އެމްޑީޕީން މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ މައްސަލައަކީ އެމްޑީޕީގެ ސަރުކާރުން އަދަދުތައް ހާމަނުކުރުން ކަމަށެވެ. އަދި އޭރުގެ ސަރުކާރުގައި އެއްވެސް ފަރާތަކަށް އެ ކަމުގެ މައުލޫމާތު ލިބިފައިނުވުން ކަމަށް ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ވޯޓުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އިންތިހާބު ކުރީ ރާއްޖޭގައި އިންޑިއާ އަދި އެ ނޫން ގައުމެއްގެ ވެސް ސިފައިން ތިބެން ބޭނުން ނުވާތީ ކަމަށެވެ.
"ދިވެހިން ނޭދޭ ދިވެހި ގައުމުގައި އެއްވެސް ގައުމެއްގެ ސިފައިން ތިބޭކަށް. އެކަން ނިމިދިޔަ އިންތިހާބުގައި ރައްޔިތުން ސާފުކޮށް ނިންމައިފި. ރައްޔިތުން ނޭދޭ މި ގައުމުގައި އެއްވެސް ގައުމެއްގެ އެއްވެސް ސިފައިންގެ މީހެއް ހުންނާކަށް، އެއްވެސް ގައުމެއްގެ އެއްވެސް ބޫޓު ޖޯޑެއް ވެސް ހުންނާކަށް،" ސިރާޖު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީ ސަރުކާރާ ހިލާފަށް މި ސަރުކާރު ވާނީ ކަންކަން ހާމަކުރާ ސަރުކާރަކަށެވެ. ސިފައިން ތިބުމާ ގުޅޭ މައުލޫމާތު ވެސް އާންމު ކުރާނެ ކަމަށާއި މި ގައުމުގައި ތިބި އިންޑިއާ ސިފައިން ވެސް ބާލާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އަޅުގަނޑުމެންގެ މި ސަރުކާރަކީ ހާމަކުރާނެ ސަރުކާރެއް، ދެފުށް ފެންނަ ސަރުކާރެއް. ކުރީ ސަރުކާރު ގޮތަށް ކަންކަން ސިއްރުކޮށް ކަންކަން ހޯދުމަށް ސުޕްރީމް ކޯޓަށް ދާކަށް ނުޖެހޭނެ. އަޅުގަނޑުމެން ހަމަ އެ ވައުދުވީ ގޮތަށް ކަންކަން ސާފުކޮށް ހާމަކަންބޮޑުގޮތެއްގައި ފެންނަމުން ދާނެ،" ސިރާޖު ވިދާޅުވި އެވެ.
އެމްޑީޕީ މެންބަރުންގެ ވާހަކަތަކަށް ރައްދުދެއްވައި ސިރާޖު ވިދާޅުވި ގޮތުގައި މިފަދަ ވާހަކަތަކެއް ދައްކައި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ފަސް އަހަރަށް ހޮވާފައިވާ ސަރުކާރު ވައްޓާލުމުގެ ފުރުސަތެއް ނުދޭނެ އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވެސް ވިދާޅުވީ ރައްޔިތުން ނިންމާފައިވާ ނިންމުމަށް އިދިކޮޅު ޕާޓީން އިހްތިރާމްކުރަން ޖެހޭ ކަމަށެވެ. ރައްޔިތުން ހޮވި ސަރުކާރު އޮތީ ރައްޔިތުންގެ ހިދުމަތުގައި މެދުނުކެނޑި މަސައްކަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީހަށް ހުށަހަޅައި ކުރިއަށް ގެންދާ މައްސަލައަކީ ވެސް ސަރުކާރުން މާ ގިނަ ކަންކަން ރައްޔިތުންނަށްޓަކައި ކޮށްދެމުން އަންނާތީ އެކަން "ހަޖަމު" ނުކުރެވިގެން ހުށަހަޅާފައިވާ މައްސަލައެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
"ރައްޔިތުން ބޭނުންވަނީ ކަންކަން ކޮށްދޭ ވަޒީރުން. މިއަދުގެ ސަރުކާރު އޮތީ ދޫ ދޭ ގޮތަކަށް ނޫން. ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށްޓަކައި ސަރުކާރު އެއޮތީ ވަރުބަލިކަމެއް ނެތި، 24 ގަޑިއިރު އެލާޓުގައި، މިއަކުން އަޅުގަނޑުމެންގެ ސަރުކާރަކަށް ކުރާނެ އަސަރެއް ނޯންނާނެ،" ނަސީމް ވިދާޅުވި އެވެ.
އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް.. --- ފޮޓޯ: މަޖިލިސް
ނަސީމް ވެސް ވިދާޅުވީ އިންޑިއާ ސިފައިންގެ ސީދާ އަދަދު ހާމަނުކުރެވިގެން އުޅެނީ ބޭނުންވާ ލިޔެކިޔުންތައް ރައްކާކޮށްފައި ނެތުމުން ކަމަށެވެ.
"އެކި މުއައްސަސާތަކުން މައުލޫމާތު ދެނީ އެކި އަދަދު. އެއްވެސް ލިޔުމަކާ ނުލާ ވެސް ބައެއް ބޭބޭފުޅުން ތިބި ކަމަށްވޭ،" އޭނާ ތުހުމަތު ކުރެއްވި އެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ކަންކަން ސިއްރުކޮށް ރައްޔިތުންނަށް އޮޅުވާލުމުގެ ވިސްނުން މި ސަރުކާރުގައި ނެތް ކަމަށާއި އެކަންކަން ކުރިއަށް އޮތް ތަނުގައި ހާމަވެގެން ދާނެ ކަމަށެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު ކަން ވެސް ކުރައްވާ ސަލީމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިރު ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށާއި ފުރަތަމަ ކަމަކަށް ކުރަން ޖެހެނީ އެ ކަންކަން ހަމައަކަށް އެޅުވުން ކަމަށެވެ.
"ދައުލަތުގެ އެއްވެސް އެއްޗެއް ނެތް. ކުންފުނިތައް ހުރީ ދަރާފައި، ދައުލަތް ހިންގާނެ ފައިސާއެއް ވެސް ނެތް، ދިވެހިރައްޔިތުންނަށް ކާންބޯންދީ އަސާސީ ހިދުމަތްތައް ހިމާޔަތްކުރުން، އިންޑިއާ ސިފައިންނަށް ވުރެ ކުރިން މި ކަން ނިންމަން ޖެހޭ، ގައުމު ހަމަޔަކަށް އަޅުވަން،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި ގައުމުގެ ހާލަތު ރަނގަޅުކޮށްފައި އިންޑިއާގެ ސިފައިންނާއި ދެން ހުރި އެފަދަ މައްސަލަތަކާ މެދު ފިޔަވަޅު އަޅައި މި ސަރުކާރު ކުރިއަށް ދާނެ އެވެ.
"އެސްޑީއެފް ބިލް ބޭރުކޮށްލީ އޮޅުވާލުމެއްގެ ތެރެއިން"
ޝަހީމް ދޫކޮށްލުމުން ނޫނީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ
އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފި
މައިނޯރިޓީ އަށް ދޭން ޖެހޭ ޖާގަ ދޭނަން: ޕީއެންސީ
ނާޒިމްގެ ޔަގީންކަން: ނަތީޖާ ނެރޭ، ނަމޫނާ މަޖިލީހެއް
ފަސް އަހަރުގެ މަސައްކަތާ މެދު ހިތްހަމަޖެހުމާއި ޝުކުރު!
ސުޕަމެޖޯރިޓީއާއެކު އިދިކޮޅު ބާކީއެއް ނުކުރާނަން: ސަލީމް
މަޖިލީހަށް ހޮވުނީ އެންމެ ތިން އަންހެން ބޭފުޅުން!
އާނަ: އެހީތެރިއެއް، "ކޮންމެ މީހަކު ވެސް މުހިންމު"
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"