21 ނޮވެމްބަރ 2023
ހަތަރު އަހަރުގެ ފެން ބިލްތައް ނުދައްކައިގެން، ފެނަކަ ކޯޕަރޭޝަންގެ މައި އޮފީހާ ގުޅޭ ތިން ފްލޯ އިން މިއަދު ފެނުގެ ހިދުމަތް ކަނޑާލައިފި އެވެ.
ހަތަރު އަހަރުގެ ފެން ބިލްތައް ނުދައްކައިގެން، ފެނަކަ ކޯޕަރޭޝަންގެ މައި އޮފީހާ ގުޅޭ ތިން ފްލޯ އިން މިއަދު ފެނުގެ ހިދުމަތް ކަނޑާލައިފި އެވެ.
ބޮޑެތި އަދަދުތަކުން އަމިއްލަ އެތައް ބަޔަކަށް ދަރާފައިވާ ފެނަކައިގެ މައި އޮފީސް ހިންގަނީ އެމްޕީއެލްގެ އިމާރާތެއް ކަމަށްވާ ޕޯޓްސް ކޮމްޕްލެކްސްގަ އެވެ. އެ އިމާރާތުގެ ތިން ފްލޯއެއްގައި ފެނަކައިގެ އޮފީސްތައް ހިންގަ އެވެ.
އެނގިފައިވާ ގޮތުގައި، އެ އިން އެއްވެސް ފްލޯއެެއްގެ ފެން ބިލް 2019 އިން ފެށިގެން ފެން ބިލްތައް ނުދައްކަ އެވެ.
އެ ފެން ބިލްތަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަރާފައިވާއިރު، ބިލްތަކަށް ފައިސާ ދައްކަން އެމްޕީއެލް އިން ތަކުރާރުކޮށް އެދުނު ކަމަށް ވެ އެވެ. އެކަމަކު، ފެނަކަ އިން އެ އެންގުންތަކަށް އިޖާބަ ނުދިން ކަމަށް އެނގިފައި ވެ އެވެ.
ފެން ބިލްތައް ނުދައްކައިގެން ފެނަކައިން ފެން ކަނޑާލީ ވެސް އެމްޕީއެލުން ބޭނުންވެގެންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކޮރަޕްޝަންގެ އެންމެ ބޮޑެތި ތުހުމަތުތައް އަމާޒުވި އެއް ކުންފުންޏަކީ ފެނަކަ އެވެ.
އެ ކުންފުނީގެ މަޝްރޫއުތައް ހިންގުމަ ށްފަހު އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ލަސްވުމުގެ ޝަކުވާތައް ވެސް ބޮޑުވި އެވެ. ފެނަކައިގެ ދަރަނި 1.9 ބިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް 1.4 ބިލިއަން ރުފިޔާ ދޭންޖެހިފައި އޮތްކަމަށް، އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވި އެވެ.
ކުންފުނިތަކުން މިސްކިތްތައް ސާފު ކުރަން ފަށައިފި
އައްޑޫ: އުފައްދާ ވަރަށްވުރެ ފެން ބޭނުން ކުރާލެއް ގިނަ
ހަތަރު ޔޫޓިލިޓީ ކުންފުނީގެ ދަރަނި 9 ބިލިއަނަށް އަރާ
ޔުޓިލިޓީ ނިޒާމްގެ އޮނިގަނޑު ބަދަލުކުރަން ވިސްނަނީ
ހުނަރުވެރިކަމުން ފުރިފައި އޮތް ފުޅަނދުބުރެއް!
ހިތަދު އަށް ނަރުދަމާގެ ހިދުމަތް މި މަހު ދޭން ފަށަނީ
ސަރުކާރު ކުންފުނިތަކަށް އަވަސް އިސްލާހުތަކެއް ބޭނުން
ޝަހީރު، އެސްޓީއޯ އިން އިސްތިއުފާ ދެއްވައިފި
އެންމެ މޮޅު ޑްރާމާއަކަށް "ދަތުރު"
ފެނަކަ ހިންގުން ވަގުތީގޮތުން ހަލީމަށް