Roadha Mihaaru
އެމްބަސީތަކުގެ ސިޔާސީ މުވައްޒަފުން އަންނަން އަންގައިފި

އެމްބަސީތަކުގައި ތިބި 61 ސިޔާސީ މުވައްޒަފުން މިމަހުގެ 18 ގެ ކުރިން ރާއްޖެ އަންނަން އަންގައިފި

10 ނޮވެމްބަރ 2023

ރާއްޖޭން ބޭރުގެ ދިވެހި އެމްބަސީތަކުގައި ސިޔާސީ މަގާމުތައް އަދާކުރައްވާ ބޭފުޅުން މި މަހުގެ 18ގެ ކުރިން ރާއްޖެ ވަޑައިގަތުމަށް ފޮރިން މިނިސްޓްރީން އަންގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭން ބޭރުގެ ދިވެހި އެމްބަސީތަކުގައި ސިޔާސީ މަގާމުތައް އަދާކުރައްވާ ބޭފުޅުން މި މަހުގެ 18ގެ ކުރިން ރާއްޖެ ވަޑައިގަތުމަށް ފޮރިން މިނިސްޓްރީން އަންގައިފި އެވެ.

ފޮރިން މިނިސްޓްރީން އެގޮތަށް އެންގީ ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުން 18 ވަނަ ދުވަހުގެ ކުރިން ރާއްޖެ ގެނައުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން އެދިގެންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި 61 ބޭފުޅަކަށް މިހާރު ވަނީ އެ ދުވަހުގެ ކުރިން ރާއްޖެ ވަޑައިގަތުމަށް ދަންނަވައިފަ އެވެ.

ބޭރުގެ އެމްބަސީތަކަށް މި ސަރުކާރުން އެކަށީގެންވާ ވަރަށް ވުރެ ގިނައިން ސިޔާސީ ގިނަ މަގާމުތައް ހަދައި އެ މަގާމުތަކަށް ހަމަޖެއްސި ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރާ ކަމުގެ ކަންބޮޑުވުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިން ކޮށްފައިވެ އެވެ.

އަންނަ ހުކުރު ދުވަހު ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ ޑރ. މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.