30 އޮކްޓޯބަރ 2023
މީހުންނަށް ނޭނގި އެ މީހުން އެހެން ޕާޓީތަކަށް ބަދަލުކުރާ ކަމުގެ ޝަކުވާ ބޮޑުވުމުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ސިޔާސީ ޕާޓީތަކުގެ ދަފްތަރު މިއަދު އަލުން އާންމުކޮށްފި އެވެ.
މީހުންނަށް ނޭނގި އެ މީހުން އެހެން ޕާޓީތަކަށް ބަދަލުކުރާ ކަމުގެ ޝަކުވާ ބޮޑުވުމުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ސިޔާސީ ޕާޓީތަކުގެ ދަފްތަރު މިއަދު އަލުން އާންމުކޮށްފި އެވެ.
އީސީގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމާ އަދި ނޭނގި އެއް ޕާޓީން އަނެއް ޕާޓީ އަށް ޕާޓީތަކުގެ މެންބަރުން ބަދަލުކުރާ ކަމުގެ ޝަކުވާ ކެނޑިނޭޅި އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަލުން އާންމުކުރަން ނިންމީ އެ ޝަކުވާތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންގެ މައުލޫމާތު އަނެއްކާވެސް ކޮމިޝަނުން އާންމުކުރީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމަށް،" އޭނާ ވިދާޅުވި އެވެ.
ހަބީބް ވިދާޅުވި ގޮތުގައި ރިވިއުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ލިސްޓު އެ ކޮމިޝަންގެ ވެބްސައިޓުން މިހާރު ފެންނާނެ އެވެ. އަދި އެސްއެމްއެސް އާއި ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އެ މީހަކު ރަޖިސްޓްރީ ކޮށްފައިވާ ޕާޓީގެ މައުލޫމާތު ޗެކު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ، "ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު" ހުށަހެޅުމަށް ވެސް ހަބީބް އެދިވަޑައިގަތެވެ.
މީގެކުރިން ވެސް މި ކަހަލަ މައްސަލަތައް ފެންމަތިވެގެން އީސީން އެކި ފިޔަވަޅުތައް އަޅާފައިވެ އެވެ. ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ ބޮޑުވެގެން، މިދިޔަ އެޕްރީލް މަހުން ފެށިގެން ޕާޓީތަކުން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް އެ ޕާޓީއެއް 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް ވެސް ހެދި އެވެ.
އިބޫ އާއި އީވާ ޕާޓީން ވަކިކުރީ ފޯމް ފޮނުވާފައި އޮއްވާ
ޕާޓީއަކަށް ވައްދަން ވަގު ފޯމެއް ހުށަހެޅިކަން ސާބިތުނުވި
އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ފަށައިފި
ތިން ޕާޓީއެެެއް 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި
ހަ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި
ޔާމީންގެ ޕީއެންއެފް ޕާޓީ ރަޖިސްޓްރީކޮށް ދީފި
ޕީއެންއެފްއިން 3،000 މެމްބަރުން ހަމަކޮށްފި
މިފަހަރު އެންމެ ގިނަ ފައިސާ ޕީޕީއެމް/ޕީއެންސީ އަށް
ޕާޓީ އުފެއްދުމުގެ ހުއްދަ އެކަކަށްވުރެ ގިނަ މީހުންނަށް
10،000 މެމްބަރުން ހަމަވެ، ފައިސާ ލިބޭ ލިސްޓަށް ޕީއެންސީ