26 އޮކްޓޯބަރ 2023
ވަރިވާން ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ މެޖިސްޓްރޭޓް މަގާމުން ވަކިކުރުމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނުނިމި އޮއްވައި، އެފަދަ އެހެން މައްސަލައެއްގައި ވެސް އޭނާ ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ މަޖިލީހަށް ފޮނުވައިފި އެވެ.
ވަރިވާން ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ މެޖިސްޓްރޭޓް މަގާމުން ވަކިކުރުމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނުނިމި އޮއްވައި، އެފަދަ އެހެން މައްސަލައެއްގައި ވެސް އޭނާ ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ މަޖިލީހަށް ފޮނުވައިފި އެވެ.
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ މައްސަލާގައި ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން ކުރިން މަޖިލީހަށް ފޮނުވިޔަސް، އެކަމާ މެދު މަޖިލީހުން އަދިވެސް ގޮތެއް ނުނިންމަ އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ވަރިވާން ދިޔަ އެހެން މީހަކަށް ވެސް އެ މެޖިސްޓްރޭޓް ގުޅައި، މެސެޖްކުރި ކަން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާތީ އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވަން އިއްޔެ އަނެއްކާވެސް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މެޖިސްޓްރޭޓާ ގުޅޭގޮތުން އިތުރު މައްސަލައެއް ވެސް މިހާރު ބަލަމުންދާ ކަމަށާއި އެ މައްސަލަ މިހާރު އޮތީ ނިމުމަކާ ގާތުގައި ކަމަށް ޖޭއެސްސީން ބުންޏެވެ.
އަދި ކުރީގެ މައްސަލާގައި އެ މެޖިސްޓްރޭޓް ވަކިކުރުމާ މެދު މަޖިލީހުން އަދިވެސް ގޮތެއް ނުނިންމާތީ ކަންބޮޑުވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
ކުރީގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމާފައި އޮތީ އެ މެޖިސްޓްރޭޓް ވަކިކުރުމުގެ ކުރިން މަޖިލީހުގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް މީގެކުރިން ފަނޑިޔާރުން ވަކިކުރި މައްސަލަތަކުގައި ކޮމެޓީން އެގޮތަށް ފުރުސަތު ދީފައެއް ނުވެ އެވެ.
ކުޅުދުއްފުށީ އިސް މެޖިސްޓްރޭޓް އަނެއްކާވެސް ސަސްޕެންޑް
ފަނޑިޔާރުންގެ މަގާމާ ގުޅޭ މައްސަލަ ކޯޓަށް ބެލޭނެ
މައްސަލަ މަދުވަނީ ހެޔޮ ބަދަލެއް އައިސްފައިވާތީ: ހިސާން
ޖޭއެސްސީން މިދިޔަ އަހަރު ނިންމީ ގިނަ ޝަކުވާ ނުބަލަން
ވަކީލުކަމުގެ ހުއްދަ ބާތިލްވާ ބިލާ މެދު ކަންބޮޑުވުން
ސުލޫކީ ފިޔަވަޅު ރިވިއުކުރާ މަޖިލީހަށް ފަނޑިޔާރު ޝަފީއު
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލައިފި
މިއީ ޝަރުއީ ދާއިރާ އިސްލާހު ކުރުންތަ؟
ފަނޑިޔާރުން ބޭރަށްކުރާ ދަތުރުތަކަށް ހުއްދަ ހޯދަންޖެހޭނެ
ސިވިލް ކޯޓުގެ އިސްގާޒީގެ މައްސަލައެއް ޖޭއެސްސީއަށް