21 އޮކްޓޯބަރ 2023
ރާއްޖެއަށް ބޭނުންވާ ބޭސް ގެންނަން ބޭރު ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ވާހަކަ އެސްޓީއޯ އިން ދޮގުކޮށްފި އެވެ.
ރާއްޖެއަށް ބޭނުންވާ ބޭސް ގެންނަން ބޭރު ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ވާހަކަ އެސްޓީއޯ އިން ދޮގުކޮށްފި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ މަނިކުފާނުގެ ތަރުޖަމާނު ފިރުޒުލް މުހައްމަދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ގެންނަން ޓެމިލްނާޑޫގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ގާއިމްކުރަމުން އަންނަ ކަމަށް އިންތިގާލީ ކޮމިޓީން ކުރަމުން އަންނަ މަސައްކަތްތަކުގައި ފާހަގަވެފައިވާ ކަމަށެވެ.
ނަމަވެސް، ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި އެ ފަދަ އެއްބަސްވުމެއް ގާއިމްކުރުމަކީ އިންތިހާބީ ރައީސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުންޏެވެ.
"މި މަރުހަލާއަށް އެ މަސައްކަތް އެގޮތަށް ނުގެންގޮސް، މަޑުޖައްސާލަ ދެއްވަން އެ މަނިކުފާނު އެދިވަޑައިގަންނަވާ،" ފިރުޒުލް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެސްޓީއޯ އިން ކުރި ޓްވީޓެއްގައި ބުނީ ފިރުޒުލް އެ އިޝާރާތް ކުރެއްވި ފަދަ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯއިން އިންޑިޔާގެ ޓެމިލްނާޑޫ ކުންފުންޏަކުން ބޭސްގެނައުމަށް އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭކަމަށާއި އެކަންހުއްޓުމަށް އަންގާފައިވާކަމަށް ބުނެ ނޫސްތަކުގައި ޖަހާފައިވާ ޚަބަރަށް ރިޢާޔަތްކޮށް ދަންނަވަމެވެ
— STO (@stoplc) October 21, 2023
"އެ ފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން މި ކުންފުންޏަށް އަދި އަންގާފައި ނުވާކަންވެސް ހުރިހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެ ޓްވީޓުގައި ބުންޏެވެ.
ބޭސް ގަންނަން އެއްބަސްވުމެއް ހަދަން އުޅޭ ވާހަކަ އެއް ފެންމަތިވެފައި މިވަނީ، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ބައެއް ހިދުމަތްތައް އެއްކޮށް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މީގެ ކުރިން ބުނެފައިވަނިކޮށެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ފިރުޒުލް ވިދާޅުވީ ލެބޯޓްރީގައި ބޭނުންކުރާ ކެމިކަލާއި ސިރިންޖު ފަދަ އެއް ފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ސާމަނަކީ ވަކި އުސޫލަކުން އޯޑަރުކޮށް، ސްޓޮކް ބަލަހައްޓަމުން ގެންދަންޖެހޭ ތަކެއްޗައް ވިޔަސް މި ސަރުކާރުން އެގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ.
އެކަމަކު، އެ ވާހަކަތައް ސަރުކާރުން ދޮގުކުރި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކޮވިޑުގެ ދަތި ދުވަސްވަރު ވެސް މެދުކެނޑުމެއް ނެތި ސިއްހީ ސާމާނު ލިބުނު ކަމަށެވެ.
ހަމަ އެގޮތަށް އެ ދާއިރާއަށް ބޭނުންވާ ސާމާނު ހުއްޓުމެއްނެތި ލިބޭނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
ބޭހުގެ އެއްބަސްވުން މަޑުޖައްސާލަން މުއިއްޒު އެދިއްޖެ
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
ސޮފްޓްވެއާ އަޕްޑޭޓްކުރަން މާދަމާ އެސްޓީއޯ ފާމަސީތައް ބަންދު
ފެތުރޭ ރޯގާގެ ބޭހުގެ ސްޓޮކް އެބަހުރި: ހެލްތު
ދާއިމަށް ބޭސްކާންޖެހޭ 8،000 މީހުން ދެކުނުގައި!
އެސްޓީއޯގެ ރޭޑިއޯގްރަފީ ކޯސް ފަށަން ހުއްދައަށް އެދިއްޖެ
އިންޑިއާގައި ތާށިވި ބޭސް ޝިޕްމަންޓް ރާއްޖެ ގެންނަނީ
އިންޑިއާގެ ލޮކްޑައުންއާ ހެދި ތާށިވި މުދާތައް ގެންނަނީ
ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ ފާމަސީއެއް