10 އޮކްޓޯބަރ 2023
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ޖަލަށްލީ ނުބައި ދައުވާއެއް ކޮށްގެން ކަމަށްވާތީ ހައި ކޯޓުން އޭނާ މިނިވަންކޮށްފި އެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ޖަލަށްލީ ނުބައި ދައުވާއެއް ކޮށްގެން ކަމަށްވާތީ ހައި ކޯޓުން އޭނާ މިނިވަންކޮށްފި އެވެ.
ފ. އަތޮޅުގެ ރަށެއްގައި 2014 ވަނަ އަހަރު އެކި ފަހަރުމަތިން 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ފަޅު ގެއަކަށް ގެންގޮސްގެން އެ ކުދިންނާ މެދު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި 2021 ވަނަ އަހަރު މީހެއްގެ އިއްވީ ތިން އަހަރުގެ ޖަލު ހުކުމަކާ އެކު 19 އެތިފަހަރުން ތައުޒީރު ކުރުމުގެ އަދަބެކެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ ހުކުމް ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ބާތިލްކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ނުކޮށް ޖަސްޓިސް މިނިސްޓްރީގެ ސާކިއުލާއެއްގެ ދަށުން ދައުވާ ކޮށްފައިވާތީ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެ ހާދިސާ ހިނގިއިރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނު ވުޖޫދުގައި އޮތް ކަމަށާއި އެހެންވެ، ޖަސްޓިސް މިނިސްޓްރީގެ ސާކިއުލާއެއްގެ ދަށުން އެ ދައުވާ ކުރެވިދާނެ މެދު ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ ދައުވާ ކޮށްފައިވަނީ ގޯސްކޮށް ކަމަށް ދައުލަތުން ކޯޓުގައި އެއްބަސްވެފައިވެ އެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.
ގާޒީ ސުވާލުން މައްސަލަ ބޮޑުވި ހުކުމް އިސްތިއުނާފުކުރަނީ
ކުއްޖަކާ 12 އަހަރު ވަންދެން ބެހުނު މީހަކު ޖަލަށް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ކާފަދަރިއާ ބެހުނުކަމުގެ ދައުވާލިބޭމީހަކު ދޫކޮށްލުން ގޯސް
ކާފަ ދަރިއާ "ބެހުނު މީހާ" ދޫކޮށްލުމުން ހައިކޯޓަށް
ދޮންދަރިއާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި
ކުޑަކުއްޖަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި
ތިން އަހަރުގެ ކުއްޖަކާ ބެހުނު މީހާ ސަލާމަތެއްނުވި
ކުއްޖާގެ ބަޔާން ބަދަލު ކުރިޔަސް، ސަލާމަތެއް ނުވި
ކުއްޖަކާ ބެހުނުކަމަށް ތުހުމަތުވާ ބައްޕަ އަލުން ބަންދަށް