ނ. މާފަރުގައި ވައްކަން ކޮށްގެން ހުށަހަޅާ މައްސަލަތައް އިތުރުވެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
08 އޮކްޓޯބަރ 2023
ނ. މާފަރުގައި ވައްކަން ކޮށްގެން ހުށަހަޅާ މައްސަލަތައް އިތުރުވެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މާފަރު ކައުންސިލް މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ފަހަކަށް އައިސް އެ ރަށުގައި ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފައި ކަމަށެވެ. އޭނާ ވިދާޅުވީ ވައްކަމުގެ މައްސަލަތަކުގައި ގިނައިން އުޅެނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށެވެ.
"ވައްކަމުގެ މައްސަލަ ވަރަށް ބޮޑު. ބޮޑަށް މި ވައްކަން ކުރަނީ އެ ކަހަލަ [ޑްރަގު] ކަންކަމަށް ފައިސާ ހޯދަން،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވައްކަމުގެ ބޮޑު އަށް މައްސަލަ އަދި މަސްތުވާތަކެތީގެ މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.
އެންމެ ފަހުން ހުށަހަޅާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާފަރުގެ ތިން ތަނެއް ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލަތަކެކެވެ. އެއީ އެ ރަށު ކައުސިލް އިދާރާއިންނާއި ސްކޫލުގެ ގުދަނަކުންނާއި ފިހާރައަކުންނެވެ.
އޭނާ ވިދާޅުވީ ކައުންސިލުން ވަގަށް ނެގި ތަކެތީގެ ތެރޭގައި ހިމެނެނީ އެ އިމާރާތުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާ އަކާއި ލެޕްޓޮޕެއް ކަމަށެވެ. ސްކޫލުން ވަގަށް ނަގާފައި ވަނީ ގުދަނުގައި ހުރި ސްކޫލުގެ ބައެއް މުދާތަކެއް ކަމަށާއި ފިހާރަ ފަޅާލާފައި ފައިސާ ވަގަށް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފިހާރައިން ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާ ކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ވަރަށް ކަންބޮޑުވެފައި. ރައްޔިތުންގެ މުދަލާއި މީހުންގެ ސަލާމަތީ ރައްކާތެރިކަން ނެތް ކަމުގެ ކަންބޮޑުވުން އެންމެ ގިނަ ރައްޔިތުން ފާހަގަ ކުރަނީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ފުލުހުންނާ ގުޅިގެން ހައްލު ކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.
މާފަރުގައި ވައްކަން އިތުރުވެ ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މިދިޔަ މަހު 13 ވަނަ ދުވަހު އެ ރަށު ޕޮލިސް ސްޓޭޝަން ފާޅާލައި ބަނގުރާފުޅިތަކެއް ވަނީ ވަގަށް ނަގާފަ އެވެ. އަދި 22 ވަނަ ދުވަހުގެ ރޭ ވެސް ވަނީ ހަތަރު ތަނެއް ފަޅާލައި ވައްކަން ކޮށްފަ އެވެ. އޭގެ ކުރިން އެއް ރޭ މަތިން ފަސް ތަނެއް ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލަތަކެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.
ކައުންސިލަރު ވިދާޅުވީ މާފަރުގައި ތިބޭ ފުލުހުންގެ އިތުރުން، އިތުރު ފުލުހުން އެރަށަށް ގޮސް، 24 ގަޑިއިރު ރަށުތެރެ ޕެޓްރޯލް ކުރަމުންދާ ކަމަށެވެ. އަދި ގާތްގަނޑަކަށް 800 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށުގެ ރައްޔިތުން ހޭލުންތެރިކޮށް، ވައްކަން ހުއްޓުވޭނެ ގޮތަކީ ކޮބައިތޯ ބަލައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަށުން ބޭރަށްދިޔަ މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި
މާފަރު އެއާޕޯޓް ހަވާލުކުރި ކުންފުނީގެ މައްސަލަ ޕޮލިހަށް
މަންދީ އާއި މާޒްގެ ހަށިގަނޑުގެ ފޮޓޯ ނަގަން އަމުރެއް
އޭސީސީން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ
ނިޝާން އާއި ފަޒްލޫންގެ ޝަރީއަތް މަޑުޖައްސާލައިފި
ފުރާޅެއްގެ މައްޗަށް ވެއްޓުނު އަންހެނަކަށް ފަރުވާދެނީ
މަސްތުވާތަކެއްޗާއެކު އެއްމާބަނޑުދެބެއިން ހައްޔަރުކޮށްފި
އަނިޔާއެއް ދިނުމުގެ ދައުވާ އީސަގެ މައްޗަށް ސާބިތެއްނުވި
ފުވައްމުލަކުގައި ކުއްލި ގޮތަކަށް ޒުވާނަކު މަރުވެއްޖެ
ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަން: ކޮއްކޮ