Roadha Mihaaru
ބީއެޗްއެމް އިން ކޯސްޓް އަދި ޑަޗްލޭޑީ ގެރިކިރު ވިއްކަނީ

ބީއެޗްއެމް އިން ކޯސްޓް އަދި ޑަޗްލޭޑީ ގެރިކިރު ތައާރަފްކޮށްފި

05 ފެބުރުއަރީ 2017

ދިވެހިންގެ މެދުގައި މަގުބޫލް ކޯސްޓް އަދި ޑަޗްލޭޑީ ބްރޭންޑުގެ ގެރިކިރު، ބީއެޗްއެމް ޓްރޭޑާސް އިން ބާޒާރަށް ނެރެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ދިވެހިންގެ މެދުގައި މަގުބޫލް ކޯސްޓް އަދި ޑަޗްލޭޑީ ބްރޭންޑުގެ ގެރިކިރު، ބީއެޗްއެމް ޓްރޭޑާސް އިން ބާޒާރަށް ނެރެފި އެވެ.

ކޯސްޓް އަދި ޑަޗްލޭޑީގެ ހިކި ކިރާއި ދިޔާ ކިރު ޕެކެޓް ބީއެޗްއެމް އިން ވިއްކަ އެވެ. މިއީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ކިރެވެ.

ބީއެޗްއެމް އިން މިއަދު ބުނީ ކޯސްޓް އަދި ޑަޗްލޭޑީ ބްރޭންޑުގެ ގެރިކިރު މިދިޔަ ބުރާސްފަތި ދުވަހު ބާޒާރަށް ނެރުނީ މި ދެ ބްރޭންޑުގެ ހިކި ކިރާއި ދިޔާ ކިރަށް މިހާރު ވެސް ދިވެހިންގެ މެދުގައި ބޮޑު މަގުބޫލް ކަމެއް ލިބިފައި ވާތީ ކަމަށެވެ. އެހެންވެ، އަލަށް ތައާރަފް ކުރި ގެރިކިރަށް ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ ތަނުން ބުންޏެވެ.

ބީއެޗްއެމް އިން ބުނީ މި ދެ ބްރޭންޑުގެ ގެރިކިރު ރާއްޖޭގެ އެކި ފިހާރަތަކުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.

ކޯސްޓް އަދި ޑަޗްލޭޑީ ބްރޭންޑުގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމުގެ ހުއްދަ އޮންނަ ހަމައެކަނި ކުންފުނި ކަމަށްވާ ބީއެޗްއެމް އިން ދިވެހިންގެ އިތުބާރު ހޯދާފައިވާ އެހެން ބައެެއް ބްރޭންޑުތަކުގެ ތަކެތި ވެސް ވިއްކަ އެވެ. އޭގެ ތެރޭގައި، ޔޭޔޭ ކޮފީ އާއި އެކްސްއެލް އެނާޖީ ޑްރިންކް ވެސް ހިމެނެ އެވެ.