24 ސެޕްޓެމްބަރ 2023
ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ މި އަހަރުގެ ދެވަނަ ފިޔަވަހީގައި އެހީ ލިބޭ 10 ޕްރޮޖެކްޓް ހޮވައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ މި އަހަރުގެ ދެވަނަ ފިޔަވަހީގައި އެހީ ލިބޭ 10 ޕްރޮޖެކްޓް ހޮވައިފި އެވެ.
ބީއެމްއެލްއިން ވަނީ މި ފަންޑަށް ހުށަހެޅުމަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ އެންޖީއޯތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތުދީފަ އެވެ. މި ފަންޑުގެ ދަށުން ހޮވުނު 10 ޕްރޮޖެކްޓް ހިންގުމަށް 50،000ރ. އާ ހަމައަށް ފައިސާގެ އެހީ ފޯރުކޮށްދޭނެ އެވެ.
މި ފިޔަވަހީގައި ހޮވުނު 10 ޕްރޮޖެކްޓަކީ:
- ދަ ރީޑިން ރޫމް އިން ފިޔަވަތީގައި ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދޭ ޕްރޮގްރާމް ހިންގުން
- އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާސްއިން ހއ. ތަކަންދޫ، އއ. އުކުޅަސް އަދި ވ.ފުލިދޫގައި އަންހެނުންނަށް ހާއްސަ ޕްރޮގްރާމް ހިންގުން
- ތުޅާދޫ ސްޕޯޓްސް ކްލަބުން އެ ރަށުގައި ސައުންޑް ސިސްޓަމްއެއް ގާއިމްކުރުން
- ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން އެ ރަށުގައި އައުޓްޑޯ ބީޗް ޝަވާ އޭރިއާ ތަރައްގީކުރުން
- ފީނާ އެކަޑަމީން ހއ. ދިއްދޫގައި ކޮމިއުނިޓީ ޕްރޮގުރާމް ހިންގުން
- ނާދިލް މުތައްހިދީންއިން ށ. މަރޮށި ސްކޫލުގައި އައުޓްޑޯ ރީޑިން ޕާކެއް ހެދުން
- ކަޒިންސް ޔުނިޓީ ޓުވާޑްސް އެމްޕަވަމަންޓްއިން ރ. އަނގޮޅިތީމު ސްކޫލުގައި އައުޓްޑޯ ރީޑިން ޕާކެއް ހެދުން
- ވިންސިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތ. ގުރައިދޫގައި ވިންސިއާ ފުޓްބޯލް ޓްރެއިނިން ޕްރޮގްރާމް ހިންގުން
- މޯލްޑިވްސް ކޮމިއުނިޓީ އެންޕަވަމަންޓް ނެޓްވޯކުން ލ. ގަމުގައި ސްމާޓް ސްކޫލް ސިސްޓަމްސް ހަރުކުރުން
- ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުމުން އެ ރަށު ސްކޫލުގައި އައުޓްޑޯ ރީޑިން ޕާކެއް ހެދުން
ކޮމިއުނިޓީ ފަންޑަކީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް މެދުވެރިކޮށް ޖަމިއްޔާ އަދި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުވެރިކުރުމުގެ ޕްރޮގްރާމެކެވެ. އެ ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 ޕްރޮޖެކްޓެއް ހިންގުމަށް މިހާތަނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އިތުރު ޕްރޮޖެކްޓްތަކެއް
ކޮމިއުނިޓީ ފަންޑަށް ހުށަހެޅުމުގެ ފުރުސަތު ހަމަވަނީ
ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލްގެ އެހީގައި ށ. މިލަންދޫގައި ރީޑިން ޕާކެއް
ބީއެމްއެލްގެ އެހީގައި ފެންފުށި ޕްރީސްކޫލް މަރާމާތުކޮށްފި
ކޮމިއުނިޓީ ފަންޑަށް ހުށަހެޅުން ހޮނިހިރާ ހަމައަށް
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި
ކޮމިއުނިޓީ ފަންޑުން ހިންގި 3 ޕްރޮޖެކްޓެއް ނިމިއްޖެ
އިތުރު 103 އޭޓީއެމާ އެކު ހުރިހާ ރަށަކަށް އޭޓީއެމް
ވިޔަފާރިތަކަށް ބީއެމްއެލްގެ ބިޒްނަސް ޕްރިޕެއިޑް ކާޑެއް