ޔަޝް ރާޖު ފިލްމްސްގެ ސްޕައި ޔުނިވާސްގެ އާ ފިލްމު "ޓައިގާ ވާސަސް ޕަތާން" އަންނަ އަހަރު މާޗު މަހުގައި ގެނެސްދޭން ނިންމައިފި އެވެ.
ޔަޝް ރާޖު ފިލްމްސްގެ ސްޕައި ޔުނިވާސްގެ އާ ފިލްމު "ޓައިގާ ވާސަސް ޕަތާން" އަންނަ އަހަރު މާޗު މަހުގައި ގެނެސްދޭން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޔަޝް ރާޖު ފިލްމްސްގެ ސްޕައި ޔުނިވާސްގެ ދެ ކެރެކްޓާ ކަމަށްވާ ޓައިގާ (ސަލްމާން ހާން) އާއި ޕަތާން (ޝާހްރުކް ހާން)ގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެ ފިލްމުގެ މަސައްކަތް ފަށަން ޝާހު އާއި ސަލްމާން ވެސް މިހާރު އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
މި ފިލްމު ގެނެސްދޭނެ ކަމަށް އެންމެ ފުރަތަމަ އަޑު ފެތުރުނީ މި އަހަރު ކުރީކޮޅުގައި ޝާހުގެ "ޕަތާން" ރިލީޒްކުރުމުންނެވެ. އެ ފިލްމުގައި ހާއްސަ ފެނިލުމަކުން ސަލްމާން ވެސް ފެނުނެވެ.
ސަލްމާންގެ "ޓައިގާ" ކެރެކްޓާއަށް ބިނާކޮށް ދެ ފިލްމެއް މިހާރު ވަނީ ގެނެސްދީފަ އެވެ. "ޓައިގާ 3"ގެ މަސައްކަތް ވެސް ނިމި އަންނަ ނޮވެމްބަރު މަހު 10 ގައި ސިނަމާތަކުގައި އަޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. އެ ފިލްމުގައި ޝާހު ވެސް ހާއްސަ ފެނިލުމަކުން ފެންނާނެ އެވެ.
"ޓައިގާ ވާސަސް ޕަތާން" ޑައިރެކްޓުކުރަނީ "ޕަތާން" އާއި އެ ސްޕައި ޔުނިވާސްގެ އެހެން ފިލްމެއް ކަމަށްވާ "ވޯ" ވެސް ޑައިރެކްޓުކުރި ސިދާތު އާނަންދު ކަމަށް ރިޕޯޓްތައް ބުންޏެވެ.
"ޓައިގާ"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2012 ވަނަ އަހަރެވެ. އަދި ދެވަނަ ފިލްމު ގެނެސްދިނީ 2017 ވަނަ އަހަރެވެ. "ޕަތާން" ގެނެސްދިނީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. އެ ތިން ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމުތަކެކެވެ.
"ޕަތާން" ގައި ދީޕިކާ ތަޅާފޮޅާ ރޯލެއް
ސަލްމާންގެ "ޓައިގާ 3" ގައި ޝާހްރުކްގެ ފެނިލުމެއް
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ޝާހްރުކްގެ "ޕަތާން" ގައި ސަލްމާންގެ 20 މިނިޓް
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
ސަލްމާންގެ "ޓައިގާ 3" ދައްކާލައިފި
މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތަށް ނިކުންނާނެ
ބޮލީވުޑުން ބޮޑު ތިން ޓްރެއިލާއެއް
ސަލްމާނާއި ކެޓްރީނާ "ޓައިގާ 3" އަށް ރަޝިއާގައި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް