Roadha Mihaaru
ދެއަހަރުގެ ކުއްޖަކާ ބެހުނު މުނިކާފަ ޖަލުގައި މަރުވެއްޖެ

ދެ އަހަރުގެ ކުއްޖަކާ ބެހުނު މުނިކާފަ ޖަލުގައި މަރުވެއްޖެ

09 ސެޕްޓެމްބަރ 2023

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ އެ ކުއްޖާގެ މުނިކަފާ ޖަލުގައި މަރުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ އެ ކުއްޖާގެ މުނިކަފާ ޖަލުގައި މަރުވެއްޖެ އެވެ.

ޖެނުއަރީ، 2020 ގައި ދެ އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ މުނިކާފަ ހަސަން މޫސާ ދީދީ އާއި ކާފަ އިބްރާހިމް ދީދީ ޖިންސީ ގޯނާކުރި މައްސަލާގައި އެ ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރު އެވެ. ހަސަން ދީދީގެ އުމުރަކީ 85 އަހަރެވެ.

ކަރެކްޝަންސް އިން ބުނީ ހަސަން ދީދީ މިއަދު މަރުވީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ހިތް ހުއްޓިގެން ކަމަށެވެ. އަދި އޭނާއަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ޖަލުގައި ވެސް ހިނގާ ނޫޅެވޭތީ އެނދުމަތިވެފައި އޮންނަ މީހެއް ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގެ އިތުރުން އެހެން ކުއްޖެއްގެ ކައިރިން ޖިންސީ އަމަލެއް ހިންގަން އެދުނު މައްސަލައެއްގައި ދޮޅު މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ މައްސަލައަށް މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓި އަދި ޖިންސީ ގޯނާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރި އެވެ.