Roadha Mihaaru
ރޭޕާ ގުޅިގެން ކަނޑުހުޅުދޫ މުދިމު ސަސްޕެންޑްކޮށްފި

ތުއްތު ކުއްޖާ ރޭޕްކުރި މައްސަލާގައި ކަނޑުހުޅުދޫ މުދިމު ސަސްޕެންޑްކޮށްފި

18 ޖެނުއަރީ 2020

ގއ. ކަނޑުހުޅުދޫގައި ތުއްތު އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެ ރަށު މިސްކިތު އިމާމު މިއަދު މަގާމުން ސަސްޕެންޑްކޮށްފި އެވެ.

ގއ. ކަނޑުހުޅުދޫގައި ތުއްތު އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެ ރަށު މިސްކިތު އިމާމު މިއަދު މަގާމުން ސަސްޕެންޑްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 62 އަހަރުގެ އިމާމު ސަސްޕެންޑްކުރީ ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލެއް ހިންގި ކަމުގެ ތުހުމަތަށް ހައްޔަރުކުރުމުން ކަމަށެވެ.

އުމުރުން ދެ އަހަރު ވެސް ނުވާ ތުއްތު ކުއްޖާ ރޭޕްކުރި މައްސަލާގައި ހައްޔަރުކުރީ ކުއްޖާގެ ބައްޕަ އާއި ބައްޕަ ފަރާތު ކާފަ އާއި މުނި ކާފަ އެވެ. އިމާމަކީ ކުއްޖާގެ ކާފަ އެވެ.

ފުލުހުން މިއަދު ދިން މައުލޫމާތަށް ބަލާއިރު ކުއްޖާގެ މުނިކާފަ އަކީ މީގެ ކުރިން ވެސް ކުޑަކުދިންނާ ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި އަދި މިހާރު ވެސް ޝަރީއަތުގައި މައްސަލަ އޮތް މީހެކެވެ. އެކަމަކު ކާފަ އަށް ތުހުމަތުކުރާ މައްސަލައެއް މީގެ ކުރިން ހުށަހަޅައިފައެއް ނުވެ އެވެ.

ކުއްޖާގެ ކާފަ އާއި މުނި ކާފަ އިއްޔެ ކަނޑުހުޅުދޫން ހައްޔަރުކޮށްފަ އެވެ. އަދި ބައްޕަ ވަނީ ހުޅުމާލޭން އިއްޔެ ހައްޔަރުކޮށްފަ އެވެ. ކޯޓުން ވަނީ މި މީހުން ތަހުގީގަށް ބަންދުގައި ބައިތިއްބަން 15 ދުވަސް ދީފަ އެވެ.

ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވަނީ ކުއްޖާ އަށް ޖިންސީ އަނިޔާ ލިބިފައި ހުރިކަން އެނގުމުން އެ ކުއްޖާ އަށް ހިމާޔަތް ދޭން އެހެން ބަޔަކާ ކުއްޖާ ހަވާލުކުރަން ދެކޮޅު ހަދައި ކުއްޖާ އަށް އިހުމާލުވެފައި ވާތީ އެވެ.