Roadha Mihaaru
40 އަހަރުގެ މަސައްކަތް އަނދައި ހުލިވީ ކުރިމަަތިން

40 އަހަރުގެ ބުރަ މަސައްކަތް އަނދައި އަޅިއަށް ވީ ކުރިމަތީގައި!

06 ސެޕްޓެމްބަރ 2023

އެހެން ރޭ ރެއެކޭ ވެސް އެއްގޮތަށް، ރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު އަހުމަދު ހަސަން އޭނާގެ ފިހާރަ ބަންދުކޮށްފައި ދިޔައީ ގެއަށެވެ. ފިހާރައިގެ ހުރިހާ ޑެލިވަރީއެއް ކޮށް ނިންމާލައި، ފްރިޖްތައް ވެސް ނިއްވާލައިފަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެހެން ރޭ ރެއެކޭ ވެސް އެއްގޮތަށް، ރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު އަހުމަދު ހަސަން އޭނާގެ ފިހާރަ ބަންދުކޮށްފައި ދިޔައީ ގެއަށެވެ. ފިހާރައިގެ ހުރިހާ ޑެލިވަރީއެއް ކޮށް ނިންމާލައި، ފްރިޖްތައް ވެސް ނިއްވާލައިފަ އެވެ.

ދެން އޭނާ އަށް ހޭލީ ފަތިސް ނަމާދަށެވެ. އެކަމަކު، އެހެން ރޭރެއާ ރެއާ މުޅިން ތަފާތެވެ. އޭނާ އަށް ފަތިހު 4:30 ހާއިރު އެ އައި ފޯނު ކޯލަކީ އޭނާގެ 40 އަހަރުގެ ބުރަ މަސައްކަތް ނިމުމުގެ ކޯލެވެ. އޭނާ 40 އަހަރު ވަންދެން ހިންގަމުން އައި "ވެގާ ޕޮއިންޓް" ފިހާރައިގައި ރޯވެ އަނދާ ހަބަރެވެ!

ވަގުތުން އެ ދިމާއަށް އޭނާ މިސްރާބު ޖެހި އެވެ. މީހުން އޮތީ ތޮއްޖެހިފަ އެވެ. އަލިފާން ގަނޑު ހުރީ ރަނގަޅަށް ހިފައިފަ އެވެ. އެހެންވެ، އެ ހިސާބަށް ކައިރިވެވޭ ގޮތެއް ނުވި އެވެ.

އޭނާ ޖެހުނީ، ފިހާރަ އަނދައިހުލިވާ މަންޒަރު ބަލަން ހުންނާށެވެ. ވެގާ ޕޮއިންޓު ފިހާރައިގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އިތުރުން ބަދިގެއަށް ބޭނުންވާ ސާމާނު ވެސް ވިއްކަ އެވެ. އަދި ޖޫގޯ މެޝިނާއި ޕޮޕްކޯން މެޝިންގެ އިތުރުން މިކްސަރާއި ކޮސްމެޓިކް ސާމާނު ވެސް ވިއްކަން ހުރެ އެވެ.

ވެގާ ޕޮއިންޓު ކައިރީ ހުރި ސައިކަލުތަކެއްގައި ރޯވެފައި. އެ ހާދިސާގައި ޕާކުކޮށްފައި ހުރި ގިނަ ސައިކަލްތަކެއް ވަނީ ހަލާކުވެފައި-- ފޮޓޯ: ނިޝާން އަލީ / މިހާރު

ވެގާ ޕޮއިންޓު ކައިރީ ހުރި ސައިކަލުތަކެއްގައި ރޯވެފައި. އެ ހާދިސާގައި ޕާކުކޮށްފައި ހުރި ގިނަ ސައިކަލްތަކެއް ވަނީ ހަލާކުވެފައި-- ފޮޓޯ: ނިޝާން އަލީ / މިހާރު

އަހުމަދު، 57، ބުނީ، ރަތްވިލާ ގޯޅީގައި ހުންނަ އެ ފިހާރައިގެ ތިން ފްލޯގައި ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާގެ މުދާ ހުންނާނެ ކަމަށެވެ. އެއްވެސް އިތުރު މުވައްޒަފެއް ނެތި، އެކަނިމާ އެކަނި އޭނާ ފިހާރަ ހިންގަނީ އެ މަސައްކަތަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

"ފިހާރަ ބަންދުކުރީ 1 ޖެހި އިރު. ޑެލިވަރީތައް ނިންމާލާފައި ގެއަށް ދިޔައީ. އެއްވެސް ކަމެއް ނުހުންނާނެ. ޑީފްރީޒަރުތަކާ އެއްޗެހި ވެސް ނިއްވާފައި ދާނީ ކޮންމެ ރެއަކު ވެސް،" އޭނާ ބުންޏެވެ.

ވެގާ ޕޮއިންޓް ފިހާރައިގައި ރޯވި އަލިފާންގަނޑު ނިއްވަން ސިފައިންގެ ފަޔާމަނުން މަސައްކަތް ކުރަނީ.---ފޮޓޯ: އެމްއެންޑީއެފް

ވެގާ ޕޮއިންޓް ފިހާރައިގައި ރޯވި އަލިފާންގަނޑު ނިއްވަން ސިފައިންގެ ފަޔާމަނުން މަސައްކަތް ކުރަނީ.---ފޮޓޯ: އެމްއެންޑީއެފް

ކުރިން އާންމު މުދާ ވިއްކަމުން އައި ގާތްގަނޑަކަށް 500 އަކަފޫޓުގެ އެ ފިހާރައަށް ބޭރުން ސާމާނު ގެނެސްގެން ވިއްކަން ފެށީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. ހަސަން ބުނީ، އުމުރުން 18 އަހަރުގައި ފެށި އެ ވިޔަފާރި އަކީ މިހާތަނަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ހަމަޖެއްސި މަސައްކަތް ކަމަށެވެ. ދަރިންނަށް ކިޔަވައިދީ، ދިރިއުޅުމުގައި ދިމާވި ހުރިހާ ކަމަކަށް ހަރަދުތައް ހަމަޖެއްސީ އެ ފިހާރައިން ލިބުނު އާމްދަނީންނެވެ.

އޭނާ ބުނީ، ފިހާރަ ރޯވާން ޖެހޭ ސަބަބެއް އެއްގޮތަކަށް ވެސް ބުނަން ނޭންގޭ ކަމަށެވެ. އެ ފިހާރަ ވަނީ މީގެ އަހަރެއްހާ ދުވަސްކުރިން އިންޝުއާ ވެސް ކޮށްފަ އެވެ.