Roadha Mihaaru
އާމިރުގެ އާ ފިލްމު އަންނަ އަހަރުގެ ޑިސެމްބަރުގައި

އާމިރު ހާންގެ އާ ފިލްމެއް އަންނަ އަހަރުގެ ޑިސެމްބަރުގައި ގެނެސްދެނީ

30 އޯގަސްޓް 2023

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ހާންގެ އާ ފިލްމެއް އަންނަ އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ނިންމައިފި އެވެ.

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ހާންގެ އާ ފިލްމެއް އަންނަ އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އާމިރުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ގެނެސްދޭ އެ ފިލްމުގައި ލީޑު ރޯލު ވެސް ކުޅޭނީ އޭނާ އެވެ. އެ ފިލްމުގެ ނަމާއި ކާސްޓު އަދި ފައިނަލް ނުވެ އެވެ.

އެ ފިލްމު ޑައިރެކްޓް ކުރަނީ މީގެ 30 އަހަރު ކުރިން ނުކުތް އާމިރުގެ ފިލްމު "އަންދާޒް އަޕްނާ އަޕްނާ" ޑައިރެކްޓް ކުރި ރާޖުކުމާރު ސަންތޯޝީ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެ ފިލްމުގެ ފަހުން އާމިރު އާއި ސަންތޯޝީ އެކުގައި އަދި މަސައްކަތެއް ނުކުރެ އެވެ.

ފިލްމުގެ މަސައްކަތް މިހާރު އޮތީ ޕްރީ ޕްރޮޑަކްޝަން ސްޓޭޖުގައި ކަމަށް ވެ އެވެ.

އާމިރު އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ނުކުތް "ލާލް ސިންގް ޗައްޑާ" އިންނެވެ. ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު އެ ފިލްމަށް ކްރިޓިކުން ތައުރީފު ލިބުނެވެ.