ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.
10 އޯގަސްޓް 2023
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.
ޕީޕީއެމްގެ ސެޕްޝަލް އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ޑރ. ވަހީދު އެ ޕާޓީން ވަކިވެ ވަޑައިގަތުމަށް ނިންމެވިކަން އިއުލާން ކުރައްވައި، މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މީގެ 10 އަހަރު ކުރިން، ޕީޕީއެމާ ގުޅިވަޑައިގަތީ އެމަނިކުފާނުގެ ވެރިކަމުގައި ފެއްޓެވި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުމުގެ ނިޔަތުގައި ކަމަށެވެ.
After having been a member of PPM for 10 years, I am saddened to submit my resignation from the Progressive Party of Maldives (PPM). Please find my statement below. pic.twitter.com/gXO6GazQmI
— Mohamed Waheed (@DrWaheedH) August 10, 2023
ވަހީދު ކުރެއްވި ޓްވީޓް
އެކަމުގެ ގިނަ މަސައްކަތްތަކެއް އަދިވެސް ކުރިއަށް ހުރި ނަމަވެސް، އޭގެ ގިނަ ކަންކަން ހާސިލުވެފައިވާ ކަން ވަހީދު ހިއްސާކުރެއްވި ކުރު މެސެޖުގައި ވިދާޅުވި އެވެ.
އެހެންކަމުން، ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމެވީ ވަރަށް ފުންކޮށް ވިސްނަވާފައި ކަމަށް ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުގެ އިލްމާއި ހުނަރާއި ތަޖުރިބާގެ ބޭނުން ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ހިފޭނެ އަމާން، އިހުލާސްތެރި އަދި ތެދުވެރި މާހައުލެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަން،" އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވައި ވަހީދު ވިދާޅުވި އެވެ.
ވަހީދު ޕީޕީއެމުން ވަކިވެ ވަޑައިގަތުމަށް ނިންމެވީ އެ ޕާޓީގެ ރިޔާސީ ޓިކެޓާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބަށް ނުކުންނަވާފައި ވަނިކޮށެވެ. އޭނާ ވެސް އެ ޓިކެޓަށް ޝައުގުވެރިވި ކަމުގެ އަޑުތައް ފެތުރުނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ވަހީދުގެ ކުށުގެ ރެކޯޑް ސާފު ކުރެއްވުމަށް ވެސް އެ މަނިކުފާނު ހުށަހެޅުއްވި އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތު ކުރިމަތިވުމާ އެކު، ޕީއެންސީގެ ސެނެޓްގެ ތާއީދާ އެކު ޓިކެޓް ހޯއްދެވީ މުއިއްޒެވެ.
ޕީޕީއެމްގެ ޓިކެޓް ލިބޭނެ ކަމަށް އުންމީދުކުރިން: ވަހީދު
ޑރ. ވަހީދުގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅައިފި
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އަޅުގަނޑާ ދެކޮޅަށް ދައްކާނެ އެއްޗެއް ނޯންނާނެ:މުއިއްޒު
ފްރޭމްކުރި މައްސަލަ މާޒީކޮށް އިސްކުރީ މުސްތަގުބަލު
ޖޭޕީއާ އެކު ކޯލިޝަން ނުހަަދަން ޔާމީންގެ އެންގެވުމެއް!
މުއިއްޒަށް އިތުރަށް ތާއީދު ހޯދައިދޭން ޔާމީން އެދިއްޖެ
ފާތުން ޖަގަހަ އަށް؛ ޕީޕީއެމަށް އީދެއް ފަދަ ކަމެއް!
ޔާމީން އެދުމަކީ މުުއިއްޒުގެ ކެމްޕެއިނުގައި ބައިވެރިވުން
މުއިއްޒުގެ އިންޓަވިއު: ޔާމީންގެ އެއްވެސް ޝަރުތެއް ނެތް