Roadha Mihaaru
އަލޯރާގެ ފޭސްބުކް ޕޭޖުތައް ހެކްކޮށްފި

އަލޯރާގެ ފޭސްބުކް ޕޭޖުތައް ހެކްކޮށްފި، ކަސްޓަމަރުން ސަމާލުވުމަށް ކުންފުނިން އެދިއްޖެ

06 އޯގަސްޓް 2023

ފަރުނީޗަރު ވިއްކާ މަޝްހޫރު ކުންފުނި އަލޯރާގެ ފޭސްބުކް ޕޭޖުތައް ހެކުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ފަރުނީޗަރު ވިއްކާ މަޝްހޫރު ކުންފުނި އަލޯރާގެ ފޭސްބުކް ޕޭޖުތައް ހެކުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނީގެ ފޭސްބުކް ޕޭޖުތައް ކަމަށްވާ އަލޯރާ ޕޭން ހޯމް، އަލޯރާ އޮފީސް ފާނިޗާ، ޕޭން މެޓަލް އަދި ޕޭން އޯޝަން އިންޓަނޭޝަނަލް ފޭސްބުކް ޕޭޖުތައް ހެކުވެފައިވާ ކަމަށެވެ. އަދި މިއިން އެއްވެސް ޕޭޖަކުން އެއްވެސް ކަސްޓަމަރަކަށް މެސެޖުކޮށްފި ނަމަ ޖަވާބު ނުދިނުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

"އަޅުގަނޑުމެން މިހާރު މި ދަނީ ފޭސްބުކްގެ އެޖެންޓަކާ ވާހަކަދައްކާ މި މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ކުރަމުން. ފޭސްބުކްއިން ދިމާވެފައިވާ މައްސަލަ ހައްލުވަންދެން ސޯޝަލް މީޑިއާ މެދުވެރިކޮށް އަޅުގަނޑުމެންނާ މުއާމަލާތްކުރަން ބޭނުންވާ ކަސްޓަމަރުންނަށް އަޅުގަނޑުމެންގެ އިންސްޓަގްރާމް ޕޭޖުތަކަށް މެސެޖު ކުރެވޭނެ،" އަލޯރާގެ މާކެޓިން ކޯޑިނޭޓަރު މަރިޔަމް އިޝާ އިސްމާއިލް ވިދާޅުވި އެވެ.

އަލޯރާއިން ބުނީ މި މައްސަލަ ހައްލުވިހާ އަވަހަކަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނަށް އެކަން އަންގާނެ ކަމަށެވެ.