01 އޯގަސްޓް 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު 2018 އިގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތްޕުޅު ކުރެއްވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން ޖަލަށް ލައިގެން ކަން ފާހަގަ ކުރައްވައި މި ސަރުކާރާ ދެމެދު ހުރި ތަފާތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެދެއްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު 2018 އިގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތްޕުޅު ކުރެއްވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން ޖަލަށް ލައިގެން ކަން ފާހަގަ ކުރައްވައި މި ސަރުކާރާ ދެމެދު ހުރި ތަފާތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެދެއްވައިފި އެވެ.
މި އަހަރުގެ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބިލެއްފައްސަށް ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ކެމްޕޭނަށް ނުކުންނެވިއިރު އެ ޕާޓީގެ އަދި އޭރު އިދިކޮޅު ހުރިހާ ޕާޓީއެއްގެ ލީޑަރުން ތިއްބަވަން ޖެހިވަޑައިގަތީ ޖަލުގައި ކަމަށެވެ.
"ދެންމެ އާގިލް އެ ވިދާޅުވެދެއްވީ 2014 އިން 2018 އަށް ރާއްޖެ އޮތް ހާލަތު. އެެއީ އޭރު މީހުންނަށް ކުރި މަތިވަމުން ދިޔަ ދަތި އުނދަގޫ. އެ އަށް ފަހު މި ހިނގާ މި ސަރުކާރުގެ ފަސް އަހަރު އައި ބަދަލު ވަރަށް ރަނގަޅަށް އާގިލް ވިދާޅުވެ ދެއްވައިފި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ޝައިހް އިމްރާން އިންނެވީ ޖަލުގައި، 12 އަހަރުގެ ހުކުމެއްގައި. އެމްޕީ މަހުލޫފް އިންނެވީ ޖަލުގައި. ގާސިމް އިބްރާހިމް ހުންނެވީ ރައްޖެ އަށް ނާދެވޭ ހުކުމެއްގައި. ރައީސް ނަޝީދު ވެސް ހުންނެވީ ކަމަ އެ ގޮތަށް. އަދިވެސް ރައީސް މައުމޫން ވެސް އިންނެވީ ޖަލުގައި. ފާރިޝް ވެސް އިންނެވީ ޖަލުގައި. މިހެން ގޮސް މަޖިލީހުގެ 12 މެމްބަރުންނާއި ޕާޓީތަކުގެ ލީޑަރުންނާއި ކިރިޔާ ވެސް ސިޔާސީ ޕާޓީގެ ލީޑަޝިޕްގައި ބޭފުޅަކު ހުރި ނަމަ ތިބީ ޖަލުގައި."
ރައީސް ވިދާޅުވި ގޮތުގައި، 2018 ގެ ރިޔާސީ އިންތިހާބު ޔާމީންގެ ސަރުކާރަށް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރެވުނީ ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލައިގެންނެވެ. އެކަމަކު މި ވެރިކަމުގައި ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި ޖަލަށް ވެސް ނުލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުން ނޫސްވެރިން ވެސް އެތައް ފަހަރަކު ފުލުސް އޮފީހަށް ހާޒިރުކޮށް، އެތައް ނޫސްވެރިއަކު ޖަލުގައި ގެންގުޅުނު ކަމަށާއި މި ވެރިކަމުގައި ނޫސްވެރިންނަށް ބޭނުން ގޮތަކަށް ލިޔުމާއި ޓީވީތަކުގައި ބޭނުން ގޮތަކަށް ބޭނުން ވާހަކައެއް ދެއްކޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޓީވީ ޗެނަލްތަކުގައި އެ ދައްކަމުންދާ ވާހަކަތައް އެ ދައްކަނީ ބޭނުން ވާހަކައެއް ބޭނުން ގޮތަކަށް. އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު ކޮންމެވެސް ވަރަކަށް ބަހުރުވަ އެބަ ޖެހޭ ބަދަލުކޮށްލަން. ގޭތެރޭގެ ސިޓިންރޫމްގައި އާއިލާ މީހުންނާ އެކު ބަލަން ތިބެން ނުވާ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީންގެ މައްސަލައިގެ ތެރެއަށް އަތްނުބާނާނަން: ރައީސް
އެއްބުރުން ނިންމައި ތާރީހު ބަދަލުކޮށްލެވިދާނެ؟
ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން، ޕީޕީއެމް: ރައީސް
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ
ޔާމީނާ އެކު ސިޔާސީ މަސައްކަތެއް ނުކުރާނަން: ރައީސް
"ޔާމީނާއެކު ނަޝީދު ކޯލިޝަން ހައްދަވާފާނެތީ ކަންބޮޑުވޭ"
ނަޝީދުގެ ޖަވާބު: ޕީޕީއެމް، އިބޫއާއެކު ވެސް ނުހުންނާނެ
2023ގެ ކޯލިޝަނަށް ޕީޕީއެމާ ވާހަކަ ނުދައްކަން: ޖޭޕީ
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
ޑީލަކީ ބަރުލަމާނީ ގެންނަން ޔާމީން ދޫކޮށްލުން؟