02 އޯގަސްޓް 2023
ވަރުން ދާވަން އާއި އާލިއާ ބަޓް، "ދުލްހަނިޔާ"ގެ ތިންވަނަ ފިލްމަށް ތައްޔާރުވާން ފަށައިފި އެވެ.
ވަރުން ދާވަން އާއި އާލިއާ ބަޓް، "ދުލްހަނިޔާ"ގެ ތިންވަނަ ފިލްމަށް ތައްޔާރުވާން ފަށައިފި އެވެ.
އެ ފިލްމުގެ މަސައްކަތް ފެށިކަން އިއުލާންކުރީ ވަރުންގެ އާ ފިލްމު "ބަވާލް"ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރެއިން އޭނާ އެވެ.
ވަރުން އާއި އާލިއާ ދެން އެކުގައި ފިލްމަކުން ފެންނާނީ ކޮންއިރަކުތޯ ފޭނަކު ސުވާލުކުރުމުން ވަރުން ބުނީ "ދުލްހަނިޔާ 3"ގެ މަސައްކަތް އޭގެ ޑައިރެކްޓަރު، ޝަޝަންކް ކައިތަން ކުރަމުން އަންނަ ކަމަށެވެ. މިހާރު ކުރަނީ ސްކްރިޕްޓުގެ މަސައްކަތް ކަމަށް ވެސް އޭނާ ބުންޏެވެ.
ވަރުން އާލިއާ ބޮލީވުޑަށް ތައާރަފުވީ ކަރަން ޖޯހަރުގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ" އިން 2012 ވަނަ އަހަރު އެވެ. އެ ފިލްމަށް ފަހު، ވަރުން އާއި އާލިއާ އޮން-ސްކްރީން ކެމިސްޓްރީ ވަރަށް ގިނަ ބަޔަކަށް ކަމުދެ އެވެ.
ދުލްހަނިޔާގެ ފުރަތަމަ ފިލްމު "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ"ގައި ވެސް ދެތަރިން އެކުގައި ފެނުނެވެ. އެއީ ބޮކްސް އޮފީހުގައި ވެސް ވަރަށް ކާމިޔާބު ފިލްމުތަކެކެވެ. އެ ދެތަރިން އެކުގައި މިހާތަނަށް ފަސް ފިލްމެއްގައި މަސައްކަތް ކޮށްފި އެވެ.
އާލިއާ އެންމެފަހުން ފެނުނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ.
އާމިރާއި ކަރީނާގެ ފިލްމު އަނެއްކާވެސް ލަސްވެއްޖެ
"އާޝިގީ 3" ގެ ބަތަލުގެ ރޯލު ސުނިލްގެ ދަރިފުޅަށް؟
ވަރުން އާއި އާލިއާގެ "ދުލްހަނިޔާ"ގެ ތިން ވަނަ ބައެއް
ވަރުންގެ "ބޭބީ ޖޯން"ގައި ސަލްމާން؟
"ބޭބީ ޖޯން"ގެ ފުރަތަމަ ފެނިލުން
އާލިއާގެ "ޖިގްރާ"އަށް ފާޑުކިޔުން ބޮޑު، އާމްދަނީ ދަށް
ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި
އާލިއާ ޕްރޮޑިއުސްކުރާ ފިލްމު އަންނަ މަހު ގެނެސްދެނީ
"ބޯޑާ 2"ގައި ސަނީއާ އެކު ވަރުން
"ޖީ ލޭ ޒަރާ"ގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ