11 ޖޫން 2023
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން އެމްޓީސީސީ އަށް ދައްކަންޖެހޭ ކަމަށް ސާބިތުވެފައިވާ 1.1 މިލިއަން ރުފިޔާ ނުދައްކާ އޮއްވައި އެ ޕާޓީ އުވާލިޔަސް އެ ފައިސާ އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ނުކުރެވޭނެ ކަމަށާއި އަދި ފައިސާ ހޯދަން ހުކުމް ތަންފީޒުކުރެވޭނީ ވެސް ޑީއާރްޕީއާ މެދު އިލެކްޝަން ކޮމިޝަން (އީސީ) އިން ގޮތެއް ނިންމުމުން ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން އެމްޓީސީސީ އަށް ދައްކަންޖެހޭ ކަމަށް ސާބިތުވެފައިވާ 1.1 މިލިއަން ރުފިޔާ ނުދައްކާ އޮއްވައި އެ ޕާޓީ އުވާލިޔަސް އެ ފައިސާ އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ނުކުރެވޭނެ ކަމަށާއި އަދި ފައިސާ ހޯދަން ހުކުމް ތަންފީޒުކުރެވޭނީ ވެސް ޑީއާރްޕީއާ މެދު އިލެކްޝަން ކޮމިޝަން (އީސީ) އިން ގޮތެއް ނިންމުމުން ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މީގެ ކުރިން 2010 ވަނަ އަހަރު ވަނީ އެމްޓީސީސީ އަށް ޑީއާރްޕީން 1،113،587.96ރ. ދައްކަން ޖެހޭ ކަމަށް ހުކުމްކޮށްފަ އެވެ. މި ފައިސާ ހުކުމާ އެއްގޮތަށް ނުދެއްކުމުން ޑީއާރްޕީގެ ބޭންކް އެކައުންޓްތަކުގައި ފައިސާ ހުރިތޯ ބަލައިގެން ވެސް ހޯދުނީ އެންމެ 2،609.33ރ. އެވެ.
ބާކީ 1،108،829.63ރ. ހޯދަން، ކޯޓުގެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އެމްޓީސީސީން ދައުވާ ކުރުމުން، ސިޔާސީ ޕާޓީތަކުގެ ގަވައިދުގައި ބުނާ ގޮތަށް، ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ޕާޓީ އުފެދުނު އިރު ހުރި ޕާޓީގެ އެންމެ އިސް ފަރާތް ކަމަށް ބުނާ މާއްދާއާ ހަވާލާދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މައްސަލައިގެ ތެރެއަށް ވެއްދި އެވެ.
އެކަމަކު މި ފައިސާ ދެއްކުމަށް މައުމޫން އިންކާރު ކުރައްވައި ވިދާޅުވެފައިވަނީ ދަރަނި ސާބިތުވެ ޑީއާރްޕީގެ މައްޗަށް ހުކުމެއް އައީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން ކަމަށާއި އެހެންވެ އެ ގާނޫނުގެ ދަށުން ލާޒިމްކުރި ކަމެއް ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް ނުހިންގޭނެ ކަމަށެވެ. މީގެ އިތުރުން ދަރަނި އުފެދުނު އިރު ޕާޓީގެ އެންމެ އިސް ފަރާތަކީ މައުމޫން ނޫން ކަމަށް ވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި ބުނެފައިވެ އެވެ. އަދި ދަރަނި އުފެދުނު ކަމަށް ބުނާ މުއްދަތުގައި މައުމޫނަކީ ޕާޓީގެ އިސް ފަރާތް ނޫންކަން އިލެކްޝަން ކޮމިޝަން (އީސީ) ގެ ލިޔުންތަކުން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.
މައުމޫންގެ ފަރާތްޕުޅުން ވިދާޅުވީ ޑީއާރްޕީ އުވާލަން ނިންމައި އެކަން އިއުލާނުކޮށް ހުރިހާ ކަމެއް ކުރި އިރު ވެސް، ދައުވާކުރާ ފަރާތުން ދަރަނީގެ ކަންކަމާ އަޅާނުލައި ތިބުމުން ދެން ދިމާވި ކަންކަމަށް އެ ފަރާތުން އަމިއްލައަށް ޒިންމާވާން ޖެހޭނެ ކަމަށެވެ.
އެމްޓީސީސީން ރައްދުގައި ބުނެފައިވަނީ ޑީއާރްޕީ އުވާލުމުން އެ ޕާޓީގެ މައްޗަށް ދެން ދައުވާކުރެވެން ނެތް ކަމަށާއި ދަރަނީގެ މައްސަލާގައި ޑީއާރްޕީއަށް ދައުވާ ލިބުނު އިރު ޕާޓީގެ އިސް ފަރާތަކީ މައުމޫން ކަމަށެވެ. އެހެންވެ އެ މަނިކުފާނު ދަރަންޏަށް ޒިންމާވާން ޖެހޭނެ ކަމަށް ބުންޏެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ވަކި ގޮތަކަށް ހުކުމްކޮށްފައި ދަރަނި ސާބިތުކޮށްފައި ވަނިކޮށް އެ ހުކުމް ތަންފީޒުކުރަން ހުށަހެޅުމުން، އަސްލު މައްސަލައިގެ ތެރޭގައި ނުހިމެނޭ ފަރާތަކަށް ދަރަނީގެ ޒިންމާ ބަދަލުކުރުމަކީ ހުކުމް ތަންފީޒުކުރުމުގައި ހުއްދަ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. މިހެން ދިމާވާ ހާލަތެއްގައި ތިން ވަނަ ފަރާތެއް ދަރަންޏަށް ޒިންމާކުރެވޭނީ އެ ފަރާތެއް އެއްގޮތަށް ރުހިގެން ކަމަށާއި އެކަމަކު މި މައްސަލާގައި މައުމޫން އެކަމަށް އެއްބަސްވެ ވަޑައިނުގަންނަވާތީ އެ މަނިކުފާނު ދަރަންޏަށް ޒިންމާ ނުކުރެވޭނެ ކަމަށް ގާޒީ ރިޒްމީނާ އިދުރީސްގެ ހުކުމުގައިވެ އެވެ.
މައްސަލަ ކޯޓުގައި އޮއްވައި ޑީއާރްޕީ އީސީގެ ދަފްތަރުން އުނިކުރުމަކީ އެކަމުގައި ކޯޓުން އިސްވެ ގޮތެއް ނިންމަންޖެހޭ ކަމެއް ނޫން ކަމަށާއި ކޯޓަކީ ގައުމެއްގެ ހުރިޙާ ކުންފުނިތަކާއި ސިޔާސީ ޕާޓީތައް އުވާލާތޯ ފާރަވެރިވެ އޮންނަންޖެހޭ ތަނެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ. މި ހާލަތުގައި ކޯޓުން ފިޔަވަޅެއް އަޅަން ޖެހޭނީ ދަރަނި ލިބިދޭންޖެހޭ ފަރާތުން އެކަން ކޯޓަށް ހުށަޅައި ސަމާލުކަމަށް ގެނައުމުން ކަމަށާއި އޭގެ ކުރިން ކޯޓުގެ ދައުރެއް ނޯންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެހެން ހުކުމް ކުރެއްވީ ދަރަންޏަށްވާ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން މައުމޫންގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށާއި ޑީއާރްޕީ އުވާލުމާ މެދު އީސީން ގޮތެއް ނުނިންމަނީސް، ހުކުމް ތަންފީޒުގެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
ސިޔާސީ ހަރަކާތްތައް ނުހިންގަން ޑީއާރްޕީއަށް އަަންގައިފި
ޑީއާރުޕީން 125000ރ. ހަމަހުން ދައްކަން މުހުލަތެއް
މައުމޫންގެ އެމްއާރްއެމް އުވާލަން އަނެއްކާވެސް ނިންމައިފި
މައުމޫން ދަރަންޏަށް ޒިންމާކުރުވަން އުޅޭތީ ސުޕްރީމްކޯޓަށް
ދަރަންޏަށް މައުމޫން ޒިންމާވާންޖެހޭތޯ ހައިކޯޓުން ބަލަނީ
މައުމޫނާ ދެކޮޅަށް ހުށަހެޅި އިސްތިއުނާފް ބަލައިނުގަތް
ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާކުރުވަން ހައިކޯޓަށް
"އީސީގެ އަމަލުތަކުން އިންތިހާބު އިންސާފުވެރި ނުވާނެ"
މައުމޫންގެ ފަނޑުވި ސިޔާސީ ހަޔާތުން އެތައް އިބުރަތެއް
މައުމޫންގެ 30 އަހަރު މާ ރަނގަޅު: ނާދިރާ