ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 3،500 މެމްބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
01 ޖޫން 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 3،500 މެމްބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީ އުފައްދަން ހުށަހަޅަން ޖެހެނީ މަދުވެގެން 3،000 މެމްބަރުންނާ އެކުގަ އެވެ.
އެމްޑީޕީގެ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ފެކްޝަން، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދަ އަށް އެދުނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގަ އެވެ.
ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ފޮށިތަކެއްގައި ބަންދުކޮށްފައިހުރި 3،560 ފޯމު މިއަދު ހެނދުނު އީސީއަށް ހުށަހެޅުމަށްފަހު، ހަސަން ލަތީފް މީޑިއާތަކަށް ވިދާޅުވީ އެ ފޯމުތަކުގެ ސައްހަކަން އަވަހަށް ކަށަވަރުކޮށްދެއްވައި، ގާނޫނުގައި ބުނާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ.
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ބޭނުންވާ ފޯމުތައް އިލެކްޝަންސް ކޮމިޝަނާ މިއަދު ހުށަހަޅަނީ. -ފޮޓޯ: ނިޝާން އަލީ | މިހާރު
ޕާޓީއެއްގެ ގޮތުގައި ޑިމޮކްރެޓްސް ރަޖިސްޓްރީވާނީ، އެ ފޯމުތައް ޕްރޮސެސްކޮށް ސައްހަ 3،000 މެމްބަރުން ހަމަވާ ނަމަ އެވެ.
"މާގިނަ ރަށްތަކަށް ދަތުރުކޮށްގެން ނޫން އަޅުގަނޑުމެން ފޯމު މި ހަމަކުރީ. އަޅުގަނޑުމެން ޓާގެޓުކުރީ 3،500 ފޯމު ހަމަކުރަން،" އޭނާ ވިދާޅުވި އެވެ.
ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުމާ އެކު ނަޝީދުގެ އަރިސް މެމްބަރުންތަކެއް ވަނީ ރަށްތަކަށް ދަތުރުކޮށް މެމްބަރުން ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. އެހެންކަމުން މިއަދު އީސީއަށް މި ހުށަހެޅީ މާލެ އާއި އަތޮޅުތަކުން ލިބުނު ފޯމުތަކެވެ.
ހަސަން ލަތީފް ވިދާޅުވީ އަމާޒުހިފީ ޕާޓީ ރަޖިސްޓްރީ ކުރަން ބޭނުންވާ އަދަދު ހަމަކުރުމަށް ކަމަށާއި، މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވަރުގަދައަށް ފަށާނީ ޕާޓީ ރަޖިސްޓްރީ ވުމުން ކަމަށެވެ.
ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަންއަށް މިއަދު ވަނީ ހުށަހަޅާފައި. -ފޮޓޯ: މޫސާ ރަޝީދު | މިހާރު
ޑިމޮކްރެޓްސް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މި ފެކްޝަންގެ 12 މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
އެ މެމްބަރުން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވީ އެމްޑީޕީ އޮތީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހައިޖެކްކޮށްފައި ކަމަށާއި އެ ޕާޓީ އުފެއްދި މަގްސަދާއި ވަކާލާތުކުރާ ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ޕާޓީ ތެރެއިން ގެއްލިފައިވާ ކަމަށެވެ. އާ ޕާޓީއެއް އުފައްދަނީ، އެމްޑީޕީގެ ފަލްސަފާ އަލުން ކުރިއަރުވަން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެ އެވެ.
ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަން ވެސް އޮތީ އިއުލާންކޮށްފަ އެވެ.
7 ދުވަހުން 3،500 މީހުން، އެކަށީގެންވާ އަދަދެއް؟
ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ޖަވާބެއް ނެތް
ދެ އަހަރަށް ފަހު ނަޝީދު އަލުން އެމްޑީޕީއަށް
މާޒީ ދޫކޮށް، ޑިމޮކްރެޓްސް އަށް ދެން ވާނީި ކިހިނެއް؟
ޑިމޮކްރެޓްސްގެ މެމްބަރުންނަށް އިބޫގެ މަރުހަބާ
ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަކީ ލިބުނު އިތުރު ހިތްވަރެއް: ފައްޔާޒު
އެމްޑީޕީން ޑިމޮކްރެޓްސްގެ ނިންމުމަށް މަރުހަބާ ކިޔައިފި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ޖަލްސާއެއް މިރޭ
ނަޝީދާއި އެހެން މެމްބަރުން އެމްޑީޕީއާ ގުޅެނީ!
ނަޝީދު ރިޔާސީ ރޭހަށް ނުކުންނަވާތީ ނިޔާގެ ނުރުހުން!