Roadha Mihaaru
ބޮޑު ދެ ގާނޫނާ ގުޅިގެން ވަކީލުންނަށް ހާއްސަ ފޯރަމެއް

މަދަނީ އިޖްރައާތާއި ހެއްކާބެހޭ ގާނޫނާ ގުޅިގެން ވަކީލުންނަށް ހާއްސަ ފޯރަމެއް ފަށައިފި

25 މެއި 2023

މަދަނީ އިޖްރައާތުގެ ގާނޫނާއި ހެއްކާބެހޭ ގާނޫނު ތަންފީޒު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން ބާ ކައުންސިލުން ހާއްސަ ފޯރަމެއް ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަދަނީ އިޖްރައާތުގެ ގާނޫނާއި ހެއްކާބެހޭ ގާނޫނު ތަންފީޒު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން ބާ ކައުންސިލުން ހާއްސަ ފޯރަމެއް ފަށައިފި އެވެ.

ބާ ކައުންސިލުން ބުނި ގޮތުގައި ހައިބްރިޑްކޮށް އިއްޔެ ފެށި އެ ފޯރަމްގެ ސަބަބުން، އެ ދެ ގާނޫނުން ކުރިމަތިވެދާނެ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ޕްލެޓްފޯމެއް ލިބޭޏެ ކަމަށެވެ. އަދި ގާނޫނީ ދާއިރާގެ ގިނަ ފަރާތްތައް ބައްދަލުވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުން ބުނި ގޮތުގައި މަދަނީ އިޖްރައާތުގެ ގާނޫނާ ބެހޭގޮތުން އިއްޔެ ފެށި ފޯރަމް ކުރިއަށް ގެންދާނީ މިއަދާއި އަދި އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި ހެއްކާބެހޭ ގާނޫނާ ގުޅޭގޮތުން ބާއްވާ ފޯރަމް އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުން ބުނިގޮތުގައި ގާނޫނީ ދާއިރާގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރުމަކީ އެ ކައުންސިލްގެ އެންމެ ބޮޑު އަމާޒެވެ.