Roadha Mihaaru
ރިފްއަތުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ: މަޖިލިސް

ރިފްއަތުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދެވޭނެ: މަޖިލިސް

15 މެއި 2023

އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

ރިފްއަތުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ މެންބަރުންނާއި ޕީޕީއެމް/ޕީއެންސީ އާއި ޖުމްހުރީ ޕާޓީ އަދި އެމްއެންޕީ ގުޅިގެންނެވެ.

އެ މައްސަލަ ހުށަހެޅުމާ ގުޅިގެން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ ހިނގާނެ ކަމަށް މަޖިލިހުގެ އިދާރާ އިން މިއަދު ވަނީ ޓުވީޓް ކޮށްފަ އެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތް މައްސަލަ 10 މެންބަރެއްގެ ސޮޔާއެކު ވެސް ހުށަހެޅެ އެވެ. އެހެން ނަމަވެސް ވަކި ކުރަން އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.

އިދިކޮޅު ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު

ޕީޕީއެމް : 6

ޕީއެންސީ: 2

ޖުމްހޫރީ ޕާޓީ: 2

އެމްއެންޕީ: 3

މަޖިލިސް ރައީސް ނަޝީދާ އެކު ތިއްބެވި އެމްޑީޕީ މެމްބަރުން: 13

ގާނޫނުއަސާސީގައިވާ ގޮތުން އެ މައްސަލަ އާ ބެހޭ ބަހުސް މަޖިލީހުގައި ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަން ވާނެ އެވެ. އަދި އަނގަބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އޮންނާނެ އެވެ.

ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ރިއްފަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްސަލަ މިއަދު މަޖިލީހަށް ވައްދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޒުލު ކުރަން ވެސް ހުށަހަޅުއްވާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.