ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސް ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
15 މެއި 2023
ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސް ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
އެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު "ފެބިއަން"ގެ މިސްރާބު މިހާރު ހުރީ ޗާގޯސްއާ ދިމާލަށެވެ. އެ ކޮޅިގަނޑު ދަތުރުކުރަނީ ރާއްޖެއާ ދުރަށެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި، މި ކޮޅިގަނޑުގެ ސަބަބުން މިހާރު ރާއްޖެއަށް ކުރާ ވިއްސާރާގައި މިއަދު އެންމެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ، ވައިގެ މިސްރާބު ހުރި ގޮތުން ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ.
"ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ. ށ. އިން ފެށިގެން ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު.
"ވައިގެ ބާރުމިން މިހާރު ހުރީ ތަންކޮޅެއް ގަދަކޮށް. އަންނަ ބުދައިގެ ފަހުން ވައި މަޑުވާނެ ކަމަށް ބެލެވެނީ."
މެޓް އޮފީހުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ހދ. ކުޅުދުއްފުއްޓަށެވެ. އެ ރަށަށް 84 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ. ދެން އެންމެ ގިނައިން ވާރޭވެހުނީ ހދ. ހަނިމާދު އަށެވެ. އެއީ 50.4 މިލިމީޓަރުގެ ވާރޭ އެވެ.
މިދިޔަ ހަފުތާގައި ބޭ އޮފް ބެންގާލްގެ ކަނޑުގައި އުފެދުނު ކޮޅިގަނޑުގެ ނުސީދާ އަސަރު ވެސް ރާއްޖެއަށް ކުރި އެވެ. އަދި މި މަހުގެ ކުރީކޮޅު މަލިކު ކައިރީގައި އުފެދުނު ކޮޅިގަނޑު ނުސީދާ އަސަރު ވެސް ރާއްޖެއަށް ކޮށްފައިވެ އެވެ.
މި މަހު ކުރީކޮޅު ރާއްޖެއަށް ހުޅަނގު މޫސުން ވަނީ ފެށިފަ އެވެ.
ތޫފާނުގެ އަސަރެއް ނެތް، މިހާރު މިއީ މޫސުމީ ވިއްސާރަ
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި
ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ!
އައްޑުއަށް ވިއްސާރަ، އެހެން ހިސާބުތަކަށް ހޫނުގަދަ!
ކުރިއަށް އޮތް ހަތަރު ދުވަހު ކަނޑުގަދަވާނެ: މެޓް
ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ: މެޓް
ހަފުތާ ބަންދުގައި ވިއްސާރަ ކުރާނެ: މެޓް
ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ގަދަވާނެ: މެޓް
ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސް ދުވަސްތަކެއް
ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިއްޖެ