Roadha Mihaaru
ގެއްލިގެން ހޯދި "ޖަމްބޯ" ދޯނި އަޑިއަށް!

ގެއްލުނު ދޯނި އަޑިއަށް، ސަލާމަތްވި މީހުން މާލެ ގެންނަނީ

12 މެއި 2023

ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މުދާ އުފުލާ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އެ މީހުން ނެގި ލޯންޗުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މުދާ އުފުލާ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އެ މީހުން ނެގި ލޯންޗުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

ގެއްލިގެން ހޯދަމުން އައީ އިއްޔެ ހެނދުނު 10:40 ހާއިރު ކ. ގާފަރުން ފުރައިގެން ބ. ދަރަވަންދު އަށް ދަތުރުކުރި "ޖަންބޯ" ދޯންޏެވެ.

މާލެ އިން ހިލަވެލި ބަރުކޮށްގެން ދަމުން ގާފަރަށް މަޑުކޮށްފައި ދަރަވަންދު އަށް ދަތުރުކުރި 60 ފޫޓުގެ ދޯނީގެ ޚަބަރެއް އެންމެ ފަހުން ވީ އިއްޔެ ހެނދުނު 11:47 ގައި ކަމަށް ގާފަރު ކައިރިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ދޯނި ގެއްލިގެން ކޯސްޓް ގާޑަށް ރިޕޯޓް ލިބުނީ އިއްޔެގެ ހަވީރު ހައެއް ޖަހާކަން ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އޭރު އެ ދޯނީގައި ތިބީ ދިވެއްސަކާއި ބިދޭސީ އެކެވެ.

ކޯސްޓް ގާޑުން މިއަދު މެންދުރު ބުނީ އެ ދެ މީހުން ކަނޑުވެފަައި ވަނިކޮށް ފެނުނީ ކ. ކާށިދޫ ކައިރިން، އެ މީހުން ހޯދުމަށް ނުކުމެ އުޅުނު ލޯންޗަކަށް ކަމަށެވެ. އެ މީހުން މިހާރު އެހެން ދޯންޏެއްގައި މާލެ ގެނައުމަށް ދަތުރުކުރަމުން އަންނަ ކޯސްޓް ގާޑުން ބުންޏެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކޯސްޓް ގާޑުން އަދި ނުބުނެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ދޯނި އަޑިއަށް ދިޔައީ ގާފަރު ކައިރިން އިއްޔެ މެންދުރެވެ.

މިދިޔަ ހަފުތާގައި ވެސް ވަނީ ހަ މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިފަ އެވެ. އެ އިން ދަތުރުކުރި އެންމެން ސަލާމްވި އެވެ. ނަމަވެސް ދޯނި އަޑިއަށް ދިޔައީ އެވެ. މިއީ ވިއްސާރަ ދުވަސް ވަރަކަށް ވުމުން ކަނޑު ދަތުރުކުރާއިރު ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.