Roadha Mihaaru
ގެއްލުނު ދޯނީގެ ޚަބަރެއް ނެތް، މީހުން ފެނިއްޖެ

ގެއްލުނު ދޯނީގެ ޚަބަރެއް ނެތް، މީހުން ފެނިއްޖެ

12 މެއި 2023

ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މުދާ އުފުލާ ދޯނީގައި ތިބި ދެ މީހުން ސަލާމަތް ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މުދާ އުފުލާ ދޯނީގައި ތިބި ދެ މީހުން ސަލާމަތް ކޮށްފި އެވެ.

ގެއްލިގެން ހޯދަނީ މާލެ އިން ފުރައިގެން ބ. ދަރަވަންދު އަށް ދަތުރުކުރި "ޖަންބޯ" ދޯންޏެވެ. އިއްޔެގެ ހެނދުނު 10:40 ހާއިރު ގާފަރުން ފުރި "ޖަންބޯ" ދޯނީގެ ޚަބަރެއް އެންމެ ފަހުން ވީ އިއްޔެ ހެނދުނު 11:47 ގައި ކ. ގާފަރު ކައިރިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"ޖަންބޯ" ދޯނި ގާފަރުގައި މަޑުކުރީ މާލެ އިން ހިލަވެލި ބަރުކޮށްގެން ދިޔަ މަގުމަތީގަ އެވެ. އެއީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެކެވެ.

އޭރު އެ ދޯނީގައި ތިބީ ދިވެއްސަކާއި ބިދޭސީ އެކެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު ދޯނި އަދިވެސް ނުފެންނަ ކަމަށެވެ. ނަމަވެސް އެ ދޯނިން ދަތުރުކުރި ދެ މީހުން ވަނީ ފެނިފަ އެވެ.

"ލޯންޗަކަށް އެ ދެ މީހުން ފެނިއްޖެ ކަމުގެ މައުލޫމާތު ލިބިފައި ވަނީ. ދެ މީހުންގެ ހާލު ވެސް ރަނގަޅު،" އެމްއެންޑީއެފުން ބުންޏެވެ.

ދޯނި ހޯދުމުގެ މަސައްކަތް ކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު، އެ ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ނޭނގެ އެވެ.

މިދިޔަ ހަފުތާގައި ވެސް ވަނީ ހަ މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިފަ އެވެ. އެ އިން ދަތުރުކުރި އެންމެން ސަލާމްވި އެވެ. ނަމަވެސް ދޯނި އަޑިއަށް ދިޔައީ އެވެ.

މިއީ ވިއްސާރަ ދުވަސް ވަރަކަށް ވުމުން ކަނޑު ދަތުރުކުރާއިރު ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.