20 އެޕްރީލް 2023
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އަށް ހުރަސް އެޅޭ ގޮތަށް، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒު މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ކުރެވޭތީ އެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން އެންގެވީ ސީދާ ޔާމީން ކަމަށް އެ ޕާޓީން އެންމެ ފަހުން ބުނެފި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އަށް ހުރަސް އެޅޭ ގޮތަށް، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒު މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ކުރެވޭތީ އެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން އެންގެވީ ސީދާ ޔާމީން ކަމަށް އެ ޕާޓީން އެންމެ ފަހުން ބުނެފި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނޫސްވެރިން ގާތު އެހެން ވިދާޅުވިއިރު، އެ ޕާޓީގެ ސުލޫކީ ކޮމިޓީ އަށް ރަމީޒު މިދިޔަ އަންގާރަ ދުވަހު ހާޒިރުކޮށް ވަނީ ބަޔާން ނަގައިފަ އެވެ. އަދި ދިފާއުގައި އޭނާ ހެކި ވެސް ހުށަހެޅުއްވި އެވެ. އެކަމަކު، ކޮމިޓީން މައްސަލަ ބަލައި ނުނިމެނީސް، އެ ރޭ ދަންވަރު ރަމީޒް ވަނީ ކުއްލި ގޮތަކަށް ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.
އެ ނިންމުން ނިންމެވި ސަބަބު ރަމީޒް އަދި އޮތީ ސިއްރު ކުރައްވައިފަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިއެއްގެ ސުވާލާ ގުޅިގެން ޝިޔާމް ވިދާޅުވީ، ރިޔާސީ ކެންޑިޑެސީ އަށް ހުރަސްއެޅޭ ފަދަ ކަންތައްތަކެއް ރަމީޒު ކުރައްވާ ކަމަށާއި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގަތީ ޔާމީންގެ ފަރާތްޕުޅުން ކަމަށެވެ.
ޕީޕީއެމްގެ އިސް އޮފިޝަލުންތަކެއް، އީސީގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޕީޕީއެމް
"ރަނގަޅު، ރައީސް ޔާމީންގެ ފަރާތްޕުޅުން ޕާޓީ އަށް ލިބިފައި އެބައޮތް އެ ކަހަލަ އިރުޝާދެއް. އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ އަށް ހުރަސްއެޅޭ ފަދަ ކަންތައްތަކެއް މި ދެންނެވި ފަރާތުން ކުރައްވާ ވާހަކަ. އެހެންވެ، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެން ބަލައި ފިޔަވަޅު އަޅައި ނިންމުމަށް،" މާފުށީ ޖަލަށް ލާފައިވާ ޔާމީންގެ އެންގެވުމާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވި އެވެ.
ރަމީޒާ ދެކޮޅަށް ހެކިބަސް ނުވަތަ ބަޔާން ދެއްވުމަށް ސުލޫކީ ކޮމިޓީ އަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު ހާޒިރުވުމަށް އެންގި ކަމަށް ވެސް އެ ރޭ އަޑު ފެތުރުނެވެ. އެކަމަކު، މީޑިއާ އަށް އެ ވާހަކަ އައުމާއެކު، ޕީޕީއެމުން އެ ވާހަކަ ދޮގުކުރި އެވެ.
ރަމީޒުގެ މައްސަލައިގެ ތަފުސީލެއް ޕީޕީއެމުން ފުރަތަމަ ފަހަރަށް މީޑިއާ އަށް މިއަދު ތިލަކުރި ނަމަވެސް އޭނާގެ މައްސަލަ ސުލޫކީ ކޮމިޓީން ބަލަން ފެށީ ޔާމީން ފޮނުއްވި ނޯޓަކާ ގުޅިގެން ކަމަށް މީޑިއާ އަށް ވަނީ އެނގިފަ އެވެ. އޭގައި ޔާމީން އެދިވަޑައިގަތީ އެ މަނިކުފާނުގެ ކެންޑިޑެސީ އަށް ހުރަސްއެޅޭ ގޮތަށް ރަމީޒް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ސުލޫކީ ކޮމިޓީން ބަލައި ފިޔަވަޅު އަޅައި ދިނުމަށެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރެވިދާނެ ކަމާ މެދު ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ. އެކަމަކު، ޕީޕީއެމްގެ ލީޑަޝިޕުން ބުނަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ ކަމަށާއި ޝަރުއީ ނިޒާމުގެ ތެރެއިން އެ މަނިކުފާނަށް އެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ޝިޔާމް މިއަދު ވެސް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެންވެ، އިތުރު އެހެން ގޮތެއް ނުބައްލާ ކަމަށް ވިދާޅުވި އެވެ،
އިދިކޮޅުގެ ޖަވާބު ބަދަލު ނުވާނެ "ކެންޑިޑޭޓަކީ ޔާމީން"
ދަށު ކޯޓާ ގުޅުވައި، އިސްތިއުނާފު ލަސްކުރާ ޝަކުވާ!
ޝިޔާމާއި ޝުޖާއު ހެކިބަސް ދޭކަށް ނެތް: ޕީޕީއެމް
ރަމީޒާ ދެކޮޅަށް ހެކިބަސް ދެއްވަން ޝިޔާމާއި ޝުޖާއު
ޔާމީން ވަރަށް އަވަހަށް މިނިވަންވާނެ ކަމުގެ ޔަގީންކަން!
ޕީޕީއެމުން ކޯލިޝަނަށް ތައްޔާރު، އެކަމަކު ޝަރުތުތަކެއް
ޔާމީން ދެން ނުހިފެހެއްޓޭނެ، 2023 ނޫން ގޮތެއް ނެތް
މަޝްވަރާއަށް ޕީޕީއެމް ތައްޔާރު، ޔާމީން ދޫކޮށްލަންޖެހޭ
ސަރުކާރުގެ އަނިޔާވެރިކަން ނޫން އެއްޗެއް ނުފެނޭ: ޝިޔާމް
މުއިއްޒަށް ކާމިޔާބުވާން އެންމެ ބޭނުންވަނީ ޔާމީން:ޝިޔާމް