18 އެޕްރީލް 2023
އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގައި ގެންގުޅުއްވާނީ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމްގެ ހާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގައި ގެންގުޅުއްވާނީ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމްގެ ހާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން، ބޮޑުވަޒީރުކަން ވެސް ކުރެއްވި ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވީ ބައިނަލްއަގުވާމީ މަސްލަހަތަށް ވުރެ ބޮޑަށް ރާއްޖޭގެ މަސްލަހަތަށް އިސްކަން ދެއްވައިގެންނެވެ. މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި އެ މަނިކުފާން ގެންގުޅުއްވީ ބައިނަލްއަގުވާމީ ގޮތުން ވަކި އަތަކަށް ބުރަ ނުވުމުގެ ހާރިޖީ ސިޔާސަތެކެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ގާސިމްގެ ވެރިކަމެއްގައި ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނެ ގޮތް ވިދާޅުވިޔަސް އޭގެ ތަފުސީލެއް އަދި ނުދެއްވަ އެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ހަދާނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން ވެސް ގެންގުޅުއްވި ހާރިޖީ ސިޔާސަތު ކަމުގައި ދަންނަވަން،" ރޭ ފަތިހު ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މައުމޫންގެ ވެރިކަމަށް ފަހު، އައި ސަރުކާރުތަކުން ވަކި ގައުމުތަކަކާ މާ ބޮޑަށް ގުޅުން ބަދަހިކުރާ ކަމުގެ ޝަކުވާ އާންމުން ކުރެ އެވެ. ނަމަވެސް ހުރިހާ ސަރުކާރުތަކުން ވެސް ބުނަމުން އަންނަނީ ރާއްޖެ އިން ގެންގުޅެނީ ހުރިހާ ގައުމުތަކާ މެދު ހަމަހަމަ ހާރިޖީ ސިޔާސަތެއް ކަމަށެވެ.
ކޯލިޝަން ހަދަން ގާސިމްގެ ފަހަތަށް އަރާނެ ބަޔަކު ނެތް؟
އެމްއާރުއެމް އެކަނިވެސް އިންތިހާބަށް ނުކުންނަން ތައްޔާރު: ފާރިސް
އިންތިހާބާ ގުޅޭގޮތުން މައުމޫނާއި ގާސިމް ބައްދަލުކުރަނީ
ރިޔާސީ އިންތިހާބުގެ ހިސާބުތަކާއި ސިޔާސީ ބޮޑު މަންޒަރު!
މުއިއްޒު ފުރަތަމަ ބައްދަލުކުރެއްވީ ޔޫކޭ ސަފީރާ
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރަން ގާސިމްގެ އިރުޝާދެއް
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް
ކޯލިޝަން ނުހެދީ ގޯސްތަކުގެ ޒިންމާ ނަގަންޖެހޭތީ: ގާސިމް
ރައީސާއި ގާސިމްގެ މަޝްވަރާތައް އަދިވެސް ކުރިއަށް