17 އެޕްރީލް 2023
ޓިކެޓް އަގުހެޔޮ ނުކުރެވުނީ ސަރުކާރުން ދެމުން އަންނަ ސަބްސިޑީ ނުލިބިގެން ކަމަށާއި، ގައުމީ އެއާލައިން ކަމަށް ވާތީ ގެއްލުމުގައި ވެސް ދަތުރުކުރަން ޖެހޭ ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެ އެވެ.
ޓިކެޓް އަގުހެޔޮ ނުކުރެވުނީ ސަރުކާރުން ދެމުން އަންނަ ސަބްސިޑީ ނުލިބިގެން ކަމަށާއި، ގައުމީ އެއާލައިން ކަމަށް ވާތީ ގެއްލުމުގައި ވެސް ދަތުރުކުރަން ޖެހޭ ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެ އެވެ.
އެތެރޭގެ ދަތުރުތަކުގެ ޓިކެޓް އަގުތައް އުފުލިފައި ވާތީ އެ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ހުށަހެޅުމުން، މިއަދު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން، މިހާދު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުގެ ދަށުން 2019 ގައި މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކުން ކޮންމެ ޓިކެޓަކަށް 300 ރުފިޔާގެ ދަށް ކުރުމެއް ގެނައި ކަމަށެވެ.
އަގު ދަށް ކުރުމުން އެ އަހަރު ސަރުކާރުން، ސަބްސިޑީގެ ގޮތުގައި 35 މިލިއަން ރުފިޔާ ދިން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭގެ ފަހުން ސަބްސިޑީ ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ އެ އަހަރު ޓިކެޓްގެ އަގު ހެޔޮ ކުރުމުން ސަރުކާރުން ސަބްސިޑީ ދިން އިރު ވެސް އެ ކުންފުންޏަށް 126 މިލިއަން ރުފިޔާގެ ގެއްލުމެއް ކުރިމަތިވި ކަމަށެވެ.
ޓިކެޓް އަގު ބޮޑު ކުރަން ޖެހުނު އެހެން ސަބަބުތަކުގެ ތެރޭގައި މިހާދު ފާހަގަ ކުރެއްވީ ޖެޓް ފިއުލްގެ އަގު ބޮޑުވުމެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ހާލަތު ކުރިމަތިވުމުގެ ކުރިން ޖެޓް ފިއުލް ލީޓަރެއް ހުރީ 12 ރުފިޔާ އަށެވެ. އޭގެ ފަހުން 22 ރުފިޔާ އަށް އަގު އުފުލުނެވެ. މިހާރު އެ އަގު 18 އަށް ތިރި ވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެކަމާ ގުޅިގެން [ފިއުލްގެ އަގު ބޮޑުވުމުން] އަޅުގަނޑުމެން ވާނީ ދެ ފަހަރަށް ފިއުލް ޗާޖު އިތުރުކޮށްފައި،" މިހާދު ވިދާޅުވި އެވެ.
އެސްއޯއީ ކޮމެޓީގައި މެމްބަރުންނާއި އައިލެންޑް އޭވިއޭޝަންގެ އިސް ބޭފުޅުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިދިޔަ ހަތަރުގެ އަހަރުގެ ތެރޭގައި ފަސް އެއާޕޯޓެއް އިތުރުވެ، ޕްރައިވެޓް ދެ އެއާލައިނަކަށް އެ ތަންތަނަށް ދަތުރުތައް ކުރަން ހުއްދަ ދީފައިވީ ނަމަވެސް އެ އެއާލައިންތަކުން އެ ތަންތަނަށް ދަތުރު ނުކުރާތީ އެ ހުރިހާ އެއާޕޯޓަކަށް ވެސް މޯލްޑިވިއަނުން ދަތުރު ކުރަން ޖެހިފައިވާ ކަމަށް މިހާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފްލައިޓްގެ ގިނަ ޖާގަތައް ހުސްކޮށް އޮންނައިރު ވެސް މޯލްޑިވިއަންއިން ދަތުރު ކުރަން ޖެހޭ ކަމަށެވެ.
"މި ތަންތަނަށް ދަތުރުކުރަން ހަފުތާއަކު ތިން ފްލައިޓް އަޅުގަނޑުމެން އަޅަން ޖެހޭ ލޯޑް ލިބުނަސް ނުލިބުނަސް. އެންމެފަހުން ހުޅުވި ފަރެސް މާތޮޑާ އަށް ހަފުތާއަކު ދެ ފްލައިޓް އަޅަން ޖެހޭ. ރޯދަމަސް ވީމަ ދަތުރުވެރިން މަދު. އެހެންނަމަވެސް އަޅުގަނޑުމެން އުންމީދު ކުރަނީ ރަނގަޅުވާނެ ކަމަށް،" މިހާދު ވިދާޅުވި އެވެ.
"އަލަށް އަޅަމުންދާ އެއާޕޯޓްތަކަށް ދަތުރުކުރުމުގައި ލޯޑް ލިބުނަސް ނުލިބުނަސް ގައުމީ އެއާލައިންގެ ހައިސިއްޔަތުން އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ރައްޔިތުންގެ ކަނެކްޓިވިޓީ އިތުރު ކުރުމަށް."
އޭނާ ވިދާޅުވީ އައިލެންޑް އޭވިއޭޝަން އުފެއްދި އިރު އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިން އޭރު އެ ކުންފުންޏަށް އޮތް ނަމަވެސް ފަހުން އެ ކުންފުނި އަތުން އެކަން ނެގި ކަމަށެވެ.
ކޮވިޑާ ގުޅިގެން އެއާލައިންތަކުގެ މެއިންޓެނެންސް އަގު މަތިވުމުން ވެސް ކުންފުނީގެ ހަރަދުތައް އިތުރުވިކަން މިހާދު ފާހަގަ ކުރެއްވި އެވެ.
"އެތެރޭގެ ދަތުރުފަތުރަކަސް ނުވަތަ ކުންފުނީގެ އެހެން ކަމަކަށް ވެސް ސަބްސިޑީއެއް ހޯދައިގެނެއް ނޫން އަޅުގަނޑުމެން އޮޕަރޭޓް ކުރަމުން މިދަނީކީ. ފަސް އެއާޕޯޓެއް އިތުރުވެ އަދި އިތުރަށް ދަތުރުކުރަން ޖެހި އޮޕަރޭޓިން ކޯސްޓްތައް އިތުރުވުމާ ގުޅިގެން އަޅުގަނޑުމެންނަށް ކޮންމެހެން މަޖުބޫރުވޭ ޓިކެޓަށް ކޮންމެ ވެސް ބަދަލެއް ގެންނަން،" މިހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން ކުންފުނިގެ ތަރައްގީ އަށް ޓަކައި ކުރަން ޖެހޭ މަސައްކަތަށް ވެސް ވަރަށް ބޮޑު ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ. އަދި މިދިޔަ ދެ އަހަރެއްގެ ތެރޭ ވަރަށް ބޮޑު ގެއްލުންތަކެއް ކުންފުންޏަށް ކުރިމަތިވިކަން މިހާދު ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަންގެ ލޯނުތަކާ ގުޅޭ ކޮމެޓީ ސިއްރު
މޯލްޑިވިއަންގެ މައްސަލަތަކަށް ބަހުސް ކުރަން ފާހެއް ނުވި
އައިއޭއެސްގެ އެލަވަންސާ ބެހޭ ގޮތުން ކޮމިޓީގެ އެންގުމެއް
މާފަރު އެއާޕޯޓުގެ ތައްޔާރީތައް ވެސް ބަލައިފި
އައިއޭއެސްގެ ހަރަދު ބޮޑަސް، ނުހިންގޭހާ ގޯހެއް ނޫން
އައިއޭއެސްއާ ބެހޭ ގޮތުން ރިޕޯޓްކުރި މައްސަލަތައް ބަލަނީ
"ޕީޕީއެމްގެ އޮފީހުގައި މޯލްޑިވިއަންގެ ޑެސްކެއް ހިންގި"
މުސާރަ ބޮޑުކުރީ ވާދަވެރިކަމާ ހެދި: އައިއޭއެސް
މި އިންތިޚާބުގައި ކްރެޑިޓަށް ޓިކެޓެއް ނުދެން:މޯލްޑިވިއަން
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި