Roadha Mihaaru
މިފްކޯގެ ބޯޓުތަކަށް ބިދޭސީން ގެންނަން އެޖެންޓެއް ހޯދަނީ

މިފްކޯގެ ބޯޓުތަކަށް ބިދޭސީން ގެނެސްދޭނެ އެޖެންޓެއް ހޯދަނީ

10 އެޕްރީލް 2023

މިފްކޯގެ މަސް ބޯޓުތަކަށް ބިދޭސީ ކްރޫއިން ގެނެސްދޭނެ އެޖެންސީއެއް ހޯދަން އިއުލާނުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިފްކޯގެ މަސް ބޯޓުތަކަށް ބިދޭސީ ކްރޫއިން ގެނެސްދޭނެ އެޖެންސީއެއް ހޯދަން އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައިވާ ގޮތުން ކްރޫ އިން ހޯދުމަށް ބިދޭސީން ގެންނަ އެޖެންސީތަކުން އެކަން ކޮށްދޭން ބޭނުންވާ ނަމަ ޝައުގުވެރިކަން ފާޅުކުރަން ވަނީ އެދިފަ އެވެ. ބިދޭސީ ކްރޫއިންގެ ގޮތުގައި ހޯދަން ބޭނުންވަނީ އިންޑިއާ އާއި ސްރީ ލަންކާ އާއި ނޭޕަލް އަދި އިންޑޮނޭޝިއާގެ މީހުންނެވެ.

މިފްކޯ އަށް ބިދޭސީ ކްރޫއިން ގެނެސްދޭން ޝައުގުވެރިވާ ކުންފުނިތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހެވެ.

ބޯޓު ކްރޫއިން ހޯދަން އިއުލާނު ކުރި އިރު، މިފްކޯ އިން މިދިޔަ ހަފުތާގައި ވަނީ “ޖަޒީރާ 103” ނަމުގައި އިތުރު ބޯޓެއް ގެނެސްފަ އެވެ.

މިފްކޯގެ މަސް ބޯޓުތަކަށް ބިދޭސީ ކްރޫ އިން ގެންނަނީ، ދިވެހިން ހޯދަން އުނދަގޫވުމުން ކަމަށް ކުރިން ބުނެފައި ވެ އެވެ. އެ ކުންފުނިން މީގެ ކުރިން ވެސް ބިދޭސީ ކުރޫ އިން ގެންގުޅެ އެވެ.