ޕީޕީއެމްގެ އާއްމު މެމްބަރުންތަކަކާ އެކު ރޭ ބާއްވަން އުޅުނު ބައްދަލުވުން ފުލުހުން ހުއްޓުވީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުލުސް އޮފީހުގައި މިއަދު އެދިވަޑައިގެންފި އެވެ.
19 ޖެނުއަރީ 2017
ޕީޕީއެމްގެ އާއްމު މެމްބަރުންތަކަކާ އެކު ރޭ ބާއްވަން އުޅުނު ބައްދަލުވުން ފުލުހުން ހުއްޓުވީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުލުސް އޮފީހުގައި މިއަދު އެދިވަޑައިގެންފި އެވެ.
ހ. ތެމާގައި ހުންނަ މައުމޫންގެ އޮފީހުގައި އެ މަނިކުފާނު ބާއްވަން އުޅުނު ބައްދަލުވުން ހުއްޓުވައި ފުލުހުން އަންގާފައި ވަނީ އެ މަނިކުފާނު ނޫން އެހެން އެއްވެސް މީހަކަށް އެ އޮފީހަށް ރޭ ނުވަދެވޭނެ ކަމަށެވެ. ސަބަބެއް ނާންގަ އެވެ.
ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފަށް، މައުމޫން ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ އާއްމު މެމްބަރުންނާ އެކު ބާއްވަން އުޅުނު ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ނުބޭއްވުނީ، އެކަން ކުރިއަށް ނުގެންދަން ފުލުހުން އަންގާފައިވާތީ، އާއްމު މެމްބަރުންނަށް އިތުރު ތަކުލީފުތަކެއް ނުޖައްސަންވެގެން ކަމަށެވެ. އެކަމަކު ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައިވާ ގޮތުން، ކުރިން ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަން ސިޓީގައި މައުމޫން ފާހަގަކުރެއްވި އެވެ.
"އެހެންކަމުން އެއްވެސް މުއައްސަސާއަކުން މިކަމަށް [ބައްދަލުވުންތަކަށް] ހުރަހެއް ނޭޅޭނެ އެވެ. އެގޮތުން މި ބައްދަލުވުން ކުރިއަށް ނުގެންދެވެންވީ ސަބަބެއް، އަދި ޕާޓީގެ ރައީސްގެ އޮފީހުގައި ޕާޓީގެ ރައީސަށް އާއްމު މެމްބަރުންނާ ބައްދަލުނުކުރެވެންވީ ސަބަބެއް ނޯންނާނެ އެވެ،" ބަޔާނުގައި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްގެ އާއްމު މެމްބަރުންނާ ބައްދަލުކުރަން އެ ޕާޓީގެ ރައީސަށް އެއްވެސް ހުރަހެއް ނެތް އިރު ބައްދަލުވުން ހުއްޓާލަން ފުލުުހުން އެންގީ ގާނޫނާ ހިލާފަށް ކަމަށެވެ.
ގާނޫނީ ބައެއް ވަކީލުން ވެސް ވިދާޅުވާ ގޮތުގައި ފުލުހުން ރޭ އަމަލުކުރީ ގާނޫނުއަސާސީއާ ހިލާފަށެވެ. އެއީ، ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަމެއް ހުއްޓުވާ ނަމަ، ސަބަބު ބަޔާން ކޮށްދޭން ޖެހޭނެ ކަމަށް ގާނޫނުއަސާސީގެ 143 ވަނަ މާއްދާގައި އޮންނާތީ ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.
އެ މާއްދާގައި ވަނީ، އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެ ނަމަ، އެ ފިޔަވަޅެއް އެޅި ސަބަބު ލިއުމުން ލިބުމުގެ ހައްގު އެ މީހަކަށް ލިބިގެންވާ ކަމަށެވެ.
އަދި އެ ފިޔަވަޅުގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް ނުވަތަ މުޖުތަމައުގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެ ނަަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ހައްގު އެ މީހަކަށް ނުވަތަ އެ ބަޔަކަށް ނުވަތަ އެކަމުން ސީދާ ގޮތެއްގައި އަސަރު ފޯރާފާނެ ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ވެސް އެ މާއްދާގައިވެ އެވެ.
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕާޓީގެ ހިންގުން ވަނީ މުސްތަޝާރާ ހަވާލުކޮށްފަ އެވެ. އެ ހުކުމާ އެކު ޕިޕީއެމްގެ ހުރިހާ ކަމެއް ވެސް މިހާރު ކުރަނީ އެ ފެކްޝަނުންނެވެ.
މީގެ ކުރިން ވެސް މައުމޫން ބާއްވަން އުޅުނު، ޕީޕީއެމްގެ ފަސް ވަނަ އަހަރީ ޖަލްސާ ވެސް ފުލުހުން ވަނީ ހުއްޓުވައިފަ އެވެ.
ފުލުހުން ސުވާލުކުރީ ހާޑް ޑްރައިވާ ގުޅޭ ގޮތުން: ނާދިރާ
ފުލުހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިއްޖެ
ފުރަތަމަ ތިބީ އަޅާނުލާ، ދެން ފެށީ ތަހުގީގެއް!
ޕީޕީއެމްގެ ލިޔެކިޔުން ނައްތައެއް ނުލަން: އަލީމް
ޕީޕީއެމްގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނެ ޕޮލިހަށް
ޕީޕީއެމް އޮފީސް ރައީސް ޔާމީން ފެކްޝަންގެ ބާރުގެ ދަށަށް
ޕީޕީއެމް އޮފީހުގައި ތަޅު އަޅުވައި ފޯނުތައް ކަނޑާލައިފި
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
ޕީޕީއެމް ސަލާމަތްވާން އޮތީ އިސްލާހީ އެޖެންޑާއަކުން!
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް