03 ފެބުރުއަރީ 2023
އާޓިފިޝަލް އިންޓަލިޖަންސް (އޭއައި) ކުންފުނި، "އޯޕަންއޭއައި" އިން އުފައްދާފައިވާ ޗެޓްޖީޕީޓީ ބޮޓު ހިމަނައިގެން "މައިކްރޮސޮފްޓް ޓީމްސް" ގެ ޕްރިމިއަމް ވާޝަނެއް ނެރެފި އެވެ.
އާޓިފިޝަލް އިންޓަލިޖަންސް (އޭއައި) ކުންފުނި، "އޯޕަންއޭއައި" އިން އުފައްދާފައިވާ ޗެޓްޖީޕީޓީ ބޮޓު ހިމަނައިގެން "މައިކްރޮސޮފްޓް ޓީމްސް" ގެ ޕްރިމިއަމް ވާޝަނެއް ނެރެފި އެވެ.
މައިކްރޮސޮފްޓުން އިއްޔެ އިއުލާނުކުރި ގޮތުގައި، އޮންލައިން ވިޔަފާރި ފަދަ ބައްދަލުވުންތަކަށް ބޭނުންކުރާ މައިކްރޮސޮފްޓް ޓީމްސްގެ ޕްރިމިއަމްގައި އޯޕެންއޭއައިގެ ޖީޕީޓީ-3.5 އޭއައި ލޭންގުއެޖް މޮޑެލް ހިމެނޭނެ އެވެ.
އެ ފީޗާއާ އެކު ބައްދަލުވުންތަކުގެ ނޯޓްތަކާއި ޓާސްކުތަކާއި ހައިލައިޓްތައް ޗެޓް ބޮޓު އަމިއްލަ އަށް، އޮޓަމެޓިކްކޮށް ރީކެޕް ކުރާނެ އެވެ.
މީގެ ބޭނުންތެރިކަން ހާމަކުރުމުގެ ގޮތުންނާ އެކު، މައިކްރޮސޮފްޓް ޓީމްގެ ޕްރިމިއަމް ވާޝަން ނެރުނީ މަހަކު ހަތް އެމެރިކާ ޑޮލަރު ދައްކާގޮތަށެވެ. އަދި ޖޫން މަސް ނިމުމުން، 10 ޑޮލަރު ނަގާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މައިކްރޮސޮފްޓް ޓީމް މެދުވެރިކޮށް ބަޔަކު ބައްދަލުވުމެއް ބާއްވަނީ
އޯޕެންއޭއައިގެ އެ ބޮޓާ އެކު މައިކްރޮސޮފްޓް މެދުވެރިކޮށް ބާއްވާ ވީޑިއޯ ކޮންފަރެންސަކަށް ނުދެވިއްޖެ ހާލަތުގައި ވެސް، މީޓިންގެ ނޯޓުތައް އަމިއްލަ އަށް ނަގައިދެ އެވެ.
ޕްރިމިއަމް ފީޗާތަކުގެ ތެރޭގައި، ނޯޓު ނެގުމުގެ އިތުރުން މީޓިންއެއްގައި މީހެއްގެ ނަން ބުނެފި ނަމަ، އެމީހަކަށް ވަކިން އެކަން ހައިލައިޓް ވާ ފީޗާއެއް ވެސް ހިމެނެ އެވެ. އެފަދަ ބައްދަލުވުމެއްގައި މީހެއްގެ ނަން ފާހަގަކޮށްފި ނަމަ، އެ ވަގުތު ހިއްސާކޮށް މަޝްވަރާ ކުރެވުނު ކަންތައްތައް އަވަހަށް ބަލާލުމަށް "ޕާސަނަލައިޒްޑް ޓައިމްލައިން" މާކުކޮށްދޭނެ ކަމަށް ވެސް މައިކްރޮސޮފްޓުން ބުންޏެވެ.
އޭގެ އިތުރުން، ބައްދަލުވުމެއް ކުރިއަށްދާ ވަގުތު ލައިވް ކެޕްޝަން ޖެނެރޭޓުވާ ފީޗާއެއް ވެސް ޕްރިމިއަމްގައި ލިބޭނެ އެވެ.
ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ޑޮކިއުމެންޓުތަކުގައި އޭއައި މެދުވެރިކޮށް، ވޯޓަމާކު ޖެހުން ފަދަ ކަންކަން ވެސް ޓީމް ޕްރިމިއަމްގައި ހިމެނޭނެ އެވެ.
ޖީޕީޓީ-3.5 އާއެކު މައިކްރޮސޮފްޓް ޓީމުގެ ޕްރިމިއަމް ނެރެފައި މި ވަނީ، އެ ކުންފުނިން، އޯޕެންއޭއައި އަށް އިތުރަށް 10 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރުމަށް ވާހަކަދެކެވެމުން ދަނިކޮށެވެ. މީގެ ކުރިން އެ ކުންފުންޏަށް މައިކްރޮސޮފްޓުން ވަނީ ތިން ބިލިއަން ޑޮލަރު އިންވެސްޓުކޮށްފަ އެވެ.
ޗެޓްޖީޕީޓީ ވަރުގަދަކުރަން މައިކްރޮސޮފްޓް ނުކުމެއްޖެ
މައިކްރޮސޮފްޓުން 19.7 ބިލިއަނަށް ނިއުއާންސް ގަނެފި
އައިއޯއެސް ގައި ސްކައިޕް ކޯލްގެ ފަހަތް ފުސްކޮށްލެވޭނެ
މައިކްރޮފްސޮފްޓަށް ނޫސްވެރިންގެ ބަދަލުގައި "ރޮބޮޓް"
އައިފޯނަށް ބީބީސީގެ ނަމުގައި އޭއައިގެ ފޭކް ނިއުސްއެއް
އޭއައި ބޭނުންކޮށްގެން ގާސިމްގެ ނަމުގައި ސްކޭމެއް!
އައިކެއާއިން އޭއައިގެ އެހީގައި އައިނުގެ މިންތައް ނަގަނީ
އޭއައިއާ ގުޅޭ މާސްޓާ ޕްލޭނެއް އެކުލަވާލަނީ
ސިއްހީ މައްސަލަތަކާ ގުޅޭ ފޭކް ވީޑިއޯތައް ގިނަވެއްޖެ
ބީއެމްއެލް އެޕް ތިން ގަޑިއިރަށް ޑައުންވެއްޖެ