Roadha Mihaaru

ބޭސްފަރުވާއަށް ކޮޗިން އަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

ބޭސްފަރުވާއަށް އިންޑިއާގެ ކޮޗިން އަށް ދިޔަ ދިވެއްސަކު ގެއްލިގެން މިއަދު ހޯދަން ފަށައިފި އެވެ.

ކޮޗިން އަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

31 ޖެނުއަރީ 2023

ބޭސްފަރުވާއަށް އިންޑިއާގެ ކޮޗިން އަށް ދިޔަ ދިވެއްސަކު ގެއްލިގެން މިއަދު ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ މުހައްމަދު މަހުދީ، 35، ކ. ތުލުސްދޫ އެވެ. އޭނާ ގެއްލުނީ މިއަދު ހެނދުނު އެވެ.

މަހުދީގެ ދައްތަ އައިމިނަތު އަރުޝީ "މިހާރު" އަށް ބުނީ އޭނާ އިއްޔެ ކޮޗިން އަށް ދިޔައީ ބައިޕޯލާ ބަލީގެ ފަރުވާއަށް ކަމަށެވެ. އޭނާއާ އެކު ބައްޕަ އާއި ޅިޔަނަކު ވެސް އިންޑިއާއަށް ދިޔަ ކަމަށް ބުންޏެވެ.

"ވަރަށް ބޮޑަށް ސަކަރާތް ވެގެން، ފަރުވާއަށް އިންޑިއާއަށް ގެންދަން އާސަންދައާ އެއްޗެހި ހަމަޖެހުނީމަ އިއްޔެ އެކޮޅަށް ދިޔައީ،" އޭނާ ބުންޏެވެ.

މަހުދީ ގެއްލުނީ އޭނާ ފަރުވާ ހޯދަމުން އަންނަ އަމްރިތާ ހޮސްޕިޓަލު ކައިރިން ކަމަށް އޭނާގެ ދައްތަ ބުންޏެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިއްޖެ ނަމަ، 7971667 އަށް ގުޅުމަށް އާއިލާއިން އެދެ އެވެ.

މަހުދީ ގެއްލިގެން އާއިލާއިން ވަނީ އިންޑިއާގެ ފުލުހުންނާއި ދިވެހި ފުލުހުންނާ އަދި ފޮރިން މިނިސްޓްރީއަށް ވެސް އެކަން އަންގައިފަ އެވެ.