Roadha Mihaaru
މާވާރުލު އެއާޕޯޓުގެ އެއްބަސްވުން ބާތިލް ކުރުމުން ކޯޓަށް

މާވާރުލު އެއާޕޯޓު ހެދުމުގެ އެއްބަސްވުން ބާތިލްކުރި މައްސަލަ ކޯޓަށް

17 ޖެނުއަރީ 2017

ގދ. މާވާރުލުގައި އެއާޕޯޓެއް ހެދުމަށް މޫވިން އިންޓަނޭޝަނަލާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި މޫވިން އިންޓަނޭޝަނަލުން ސަރުކާރާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގދ. މާވާރުލުގައި އެއާޕޯޓެއް ހެދުމަށް މޫވިން އިންޓަނޭޝަނަލާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި މޫވިން އިންޓަނޭޝަނަލުން ސަރުކާރާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް 2011 ގައި މޫވިން އިންޓަނޭޝަނަލާ ހަވާލުކޮށްފައި ވަނިކޮށް މިދިޔަ އަހަރު ސަރުކާރުން އެއްބަސްވުން ބާތިލްކުރީ އެއާޕޯޓުގެ މަސައްކަތް ނިންމަންޖެހޭ މުއްދަތު އިތުރުކޮށްދިނުމުން ވެސް މަސައްކަތް ނުނިމޭތީ ކަމަށް ބުނެއެވެ. އެ މަސައްކަތް އެހެން ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

އެއްބަސްވުން ބާތިލްކުރި މައްސަލަ މޫވިން އިންޓަނޭޝަނަލް އިން ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެ މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަންގައި ހައްލު ނުވުމުން އެ މައްސަލައިގެ ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ.

މޫވިން ކުންފުނިން އެދިފައިވީ އެއްބަސްވުން ބާތިލްކުރީ އިޖްރައާތާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އެކަމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުންޏަށް ދައުވާ ކުރެވިދާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެއްބަސްވުން ބާތިލް ކުރުމުން މޫވިން ކުންފުނިން ބުނެފައިވަނީ އެއްބަސްވުން ބާތިލްކުރީ އެއާޕޯޓުގެ 60 ޕަސެންޓް މަސައްކަތް ނިމިފައި ވަނިކޮށް ކަމަށާއި މަސައްކަތް އެއްކޮށް ނުނިމުނީ ސަރުކާރުން ދޭންޖެހޭ އެހީތެރިކަން ނުލިބޭތީ ކަމަށެވެ.